
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ނޯތު ސެންޓަރަލް ޒޯން އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.
ސެޕްޓެމްބަރ 16- 22 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި މި ސަރަހައްދުގެ ހަތަރު ސްކޫލަކުން ޓީމްތައް ވާދަ ކުރެ އެވެ. އެއީ ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހު އާއި ނ. ހޮޅުދޫ މޭނާ ސްކޫލާއި އެއަތޮޅު ކުޑަފަރީ ސްކޫލުގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މި މުބާރާތުގެ މި ސްކޫލުތަކުން 230 އަށްވުރެ ގިނަ ކުދިން ވާދަކުރާނެ އެވެ. މުބާރާތް ކުރިއަށްދަނީ އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިން ކޯޓްގަ އެވެ.