އިންޓަ ސްކޫލް ބެޑްމިންޓަން. ބީއޭއީސީ އަށް ފަސް ރަން މެޑަލް

އޭދަފުށީގައި މިހާރު ކުރިއަށްދާ 18 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުން ބ. އަތޮޅު ތައުލީމީ މަރުކަޒުން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭދަފުށީ ޔޫތު ސެންޓަރުގައި ފެށި މި މުބާރާތުގެ ޓީމް އިވެންޓްގެ މެޗުތައް ރޭ ނިމުނުއިރު، ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ޓީމް އިވެންޓްގެ ހަތް ކެޓަގަރީގެ ތެރެއިން ފަސް ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދައިފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 4/5/6 ގެ ފިރިހެން އަދި އަންހެން ބައިގެ އިތުރުން ގްރޭޑް 11/12 ގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނ. ހޮޅުދޫ މޭނާ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހަމަ އެއާ އެކު ގްރޭޑް 9/10 ގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ނ. ހޮޅުދޫ މޭނާ ސްކޫލްގެ ގްރޭޑް 11/12 ގެ ފިރިހެން ޓީމު ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް މި ބައިގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގުރޭޑް 7/8 ގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ މަދަރުސަތުލް އިފްތިތާހް އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މި މުބާރާތް މެޗުތައް ކުރިއަށްދާއިރު، މިއަދު ހެނދުނު ވަނީ މުބާރާތުގެ އޯޕަން ކެޓަގަރީގެ މެޗުތައް ފަށައިފަ އެވެ. މުބާރާތުގައި 230 އަށްވުރެ ގިނަ ކުދިން ބައިވެރިވެ އެވެ.

ނޯތް އަދި ނޯތް ސެންޓްރަލް ޒޯންގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒާއި، މޭނާ ސްކޫލާއި ނައިފަރު މަދަރުސަތުލް އިފްތިތާހްގެ އިތުރުން ދެން ބައިވެރިވީ ނ. ކުޑަފަރީ ސްކޫލުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.