
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނުވަ ފަރާތެއް ގުރުއަތުން ހޮވާނެއެވެ.
އެގޮތުން 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. އަދި 501 – 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭއިރު، 1000 ޑޮލަރުން މަތީ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 19 ސެޕްޓެންބަރު އިން ފެށިގެން 18 ޑިސެންބަރުގެ ނިޔަލަށެވެ.