ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫ އިން އަންނަ މަހު ބާއްވަނީ

“އުރީދޫ ނޭޝަން – ގޭމާސް ލޭންޑް”ގެ ނަމުގައި އުރީދޫއިން އަންނަ މަހު ބާއްވާ ގޭމިން ފެސްޓިވަލް އިއުލާނުކޮށްފި އެވެ.

މި ގޭމިން ފެސްޓިވަލަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލަށް ވާނެ ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫއިން ބުނީ މި ފެސްޓިިވަލުގައި ހުރިިހާ ވައްތަރެއްގެ ގޭމަރުންނަށް ވެސް ކަމުދާނެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.

މި ފެސްޓިވަލުގައި އުރީދުން އިންތިޒާމުކުރި ރާއްޖޭގެ އެންމެ ބޮޑު ޕްބަޖީ މުބާރާތުގެ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ކުޅޭނެ އެވެ. މި މުބާރާތުގައި 16 ޓީމަކުން މުބާރާތަށް ހުށަހަޅަފައިވާ އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަށް ވާދަކުރާނެ އެވެ. މި މުބާރާތުގެ އިތުރުން މި ފެސްޓިވަލުގައި 40،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ އީއޭއެފްސީ (ފީފާ) މުބާރާތާއި 25،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ ރޭސިން ސިމް ޗެލެންޖާއި 10،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ ޓެކެން މުބާރާތާއި 10،000ރ ހުށަހަޅާފައިވާ ކޮސްޕްލޭ މުބާރާތް ހިމެނެ އެވެ.

މި މުބާރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އަދި ހުޅުވާނުލަ އެވެ.

މި ފެސްޓިވަލުގައި ކުޅޭ މުބާރަތްތަކުގެ ޕްރައިޒް ޕޫލަށް ޖުމްލަ 185،000ރ. ގެ ޕްރައިޒް ޕޫލެއް އުރީދޫއިން ވަނީ ހުށަހަޅާފަ އެވެ.

“އީދޫ ނޭޝަން – ގޭމާސް ލޭންޑް” ފެސްޓިވަލުގައި މުބާރާތްތަކުގެ އިތުރުން ކްލޯ މެޝިނާއި ފަހުގެ ވީޑިއޯ ގޭމުތައް ތަޖުރިބާކުރުމުގެ ފުރުސަތާއި ޖަސްޓް ހޫޕް އަދި ޖަސްޓް ޑާންސް ފަދަ ގޭމުތަކާއި ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް އޮންނާނެ އެވެ.

މި ގޭމިން ފެސްޓިވަލް އޮންނާނީ އަންނަ މަހު ގެ 19 ވަނަ ދުވަހުން 21 ވަނަ ދުވަހަށް އުރީދޫގެ ހެޑް އޮފީހުގަ އެވެ. މިއީ ގޭމިންގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.