
އުތުރުގެ އަތޮޅުތަކަށް ހުޅުވާލައިގެން ބޭއްވި 18 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އޭދަފުށީ ޔޫތު ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓްގައި މި މަހުގެ 16 އިން 21 ގެ ނިޔަލަށް މުބާރާތް ކުރިޔަށްދިޔައީ މި ސަރަހައްދުގެ 4 ސްކޫލަކާއެކު އެވެ. މި ސްކޫލުތަކުން ޖުމްލަ 230 އަށް ވުގެ ގިނަ ކުދިން މުބާރާތުގައި ބައިވެރިވި އެވެ.

ދެ އިވެންޓަކަށް ބަހާލައިގެން ކުރިޔަށްދިޔަ މި މުބާރާތުގެ ޓީމު އިވެންޓުން އެންމެ ކާމިޔާބު ސްކޫލަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. އެ ސްކޫލުން ވަނީ ފަސް އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައެވެ. މުބާރާތުގައި ދެން އެންމެ ކާމިޔާބު ސްކޫލަކީ ޅ. ނައިފަރު މަދުރަސަތުލް އިފްތިތާހު އެވެ. އެ ސްކޫލުން ވަނީ ޓީމު އިވެންޓުގެ ދެ އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން ނ. ހޮޅުދޫ މޭނާ ސްކޫލުން ވެސް ވަނީ އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައެވެ.

މި ތިން ސްކޫލުގެ އިތުރުން މުބާރާތުގައި ދެ ބައިވެރިވީ ނ. ކުޑަފަރީ ސްކޫލެވެ.
އިންޓަ ބެޑްމިންޓަން ސްކޫލް މުބާރާތް ކުރިއަށްދަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ސައުތު، ސައުތު ސެންޓްރަލް، ނޯތު، ނޯތު ސެންޓްރަލް، މާލެ އަދި ސެންޓްރަލް އެވެ.
