އުރީދޫން ފަހުގެ އައިފޯނުތަކުގެ ޕްރީ އޯޑަރު ނަގަން ފަށައިފި

ހިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯނުތައް އުރީދޫ މޯލްޑިވްސް އިން ޕްރީ އޯޑަރަށަ ހުޅުވައިފިއެވެ.

އެ ކުންފުނިން މި ފުރުސަތު ހުޅުވާލީ ރޭ ދަންވަރު 12:01 އިން ފެށިގެންނެވެ. އެގޮތުން އެޕަލް އިން ނެރެފަވާ އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސް އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑާ ކުރެވޭނެއެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެންނެވެ. މިއީ މިހާތަނަށް އެޕަލް އިން ނެރުނު އެންމެ ލުއި މޮޑެލްތަކެވެ.

އުރީދޫއިން ބުނީ ޕްރީ އޯޑަާ ކުރާ ކަސްޓަމަރުންނަށް، މި މަހުގެ 29 ވާ ހުކުރު ދުވަހުން  ފޯނު ހަވާލުކުރެވޭނެކަމަށެވެ. ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޯބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑާ ކުރާ ފަރާތްތަކުން “Bonus100GB” ކީވޯޑު ޖަހައި 5555 އަށް އެސްއެމްއެސް ކޮށްލުމުން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.