ބ. އަތޮޅުގެ ތިން ރަށެއް 12 މިލިއަން ޑޮލަރަށް ވިއްކާލަނީ

ބ. އިންނަފުށި. މިރަށާއެކު  މިއަތޮޅުގެ ތިންރަށެއް ރިސޯޓްހަދަން ވިއްކާލަންވަނީ އިއުލާން ކޮށްފައި
ބ. އިންނަފުށި. މިރަށާއެކު މިއަތޮޅުގެ ތިންރަށެއް ރިސޯޓްހަދަން ވިއްކާލަންވަނީ އިއުލާން ކޮށްފައި

ރިސޯޓް ހަދަން ބ. އަތޮޅުގެ ތިން ފަޅުރަށެއް، 12.9 މިލިއަން ޑޮލަރަށް (198.9 މިލިއަން ރުފިޔާ) ވިއްކާލަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ބ. އަތޮޅުގެ ތިން ރަށާއެކު 10 ފަޅުރަށް އަދި ދެ ފަޅެއް ވެސް ބިޑަށް ނުލައި، ރިސޯޓް ހަދަން ވިއްކަން ނިންމާފައިވާ ކަމަށެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް މިއަތޮޅުން ވިއްކާލަން އިއުލާން ކުރީ ބ. ފަރެހާއި ބޮޑު ފިނޮޅު އަދި އިންނަ ފުއްޓެވެ.

އެގޮތުން މިފަހަރު މިއަތޮޅުން އެންމެ ބޮޑު އަގެއްގައި ވިއްކާލަނީ 12.40 ހެކްޓަރުގެ ބ. ފަރެހެވެ. އެއީ6.7 މިލިއަން ޑޮލަރު (103.3 މިލިއަން ރުފިޔާ) އަށެވެ. 4.1 މިލިއަން ޑޮލަރަށް ބޮޑު ފިނޮޅު ވިއްކާލަން އިއުލާން ކޮށްފައިވާ އިރު އިންނަފުށި ވިއްކާލަން އިއުލާން ކޮށްފައިވަނީ 2.1 މިލިއަން ޑޮލަރަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އޯގަސްޓްމަހު ކުރި އިއުލާންގައިވާ ގޮތުން ބ. އަތޮޅުން ރިސޯޓް ހަދަން 10 ހެކްޓަރުގެ ރަށެއް ވިއްކަނީ 5.5 މިލިއަން ޑޮލަރު (88.41 މިލިއަން ރުފިޔާ) އަށެވެ. ފަޅުތައް ވިއްކާ ރޭޓްތަކަށް ބަލާއިރު ބ. އަތޮޅުން 15 ހެކްޓަރުގެ ފަޅެއް 16 މިލިއަން ޑޮލަރު (254.89 މިލިއަން ރުފިޔާ) އަށް ވިއްކާއިރު، 25 ހެކްޓަރުގެ ފަޅެއް ވިއްކަނީ 24.6 މިލިއަން ޑޮލަރަށެވެ. އަދި 35 ހެކްޓަރުގެ ފަޅެއް 32.7 މިލިއަން ޑޮލަރަށް އަދި 50 ހެކްޓަރުގެ ފަޅެއް 40.9 މިލިއަން ޑޮލަރަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިފަހަރު އިއުލާންކުރި 10 ފަޅުރަށާއި ދެ ފަޅު ވިއްކާލައިގެން 2.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ ލިސްޓްގައިވާ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ އަދަދާއި ބިމުގެ ބޮޑު މިނަކީ އަންދާޒާކުރެވޭ އަދަދުތަކެއް ކަމަށެވެ. އަދި އެ ތަންތަނުގެ އިކުއިޒިޝަން ކޮސްޓް ކަށަވަރުކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ސާވޭއެއް ހަދައި އެތަނެއް ބޮޑުމިނާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓަކުން ކަށަވަރުކުރެވޭ ބޮޑުމިނުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.