ރައީސްގެ ބ. އަތޮޅު ވައުދުތައް މުއިއްޒު ކޮޕީކޮށްފި: ހިސާން

ބ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޮޕީކޮށްފައިވާ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

މުއިއްޒު މި ހަފްތާ ބަންދު ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅަށްފަހު، ރޭ ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބ. އަތޮޅަށް މުއިއްޒު ވި ހުރިހާ ވައުދަކީ ވެސް ކޮޕީކޮށްފައިވާ ވައުދުތައް ކަމަށެވެ.

އެގޮތުން ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް އެޅުމަށް މުއިއްޒު ވައުދުވިއިރު އެއީ މިދިޔަ މަހުގެ 21 ގައި ރައީސް ސޯލިހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންފައިވާ ވައުދެއް ކަމަށް ހިސާން ވިދާޅުވި އެވެ.

އަދި ބަޔޮސްފިޔާ ރިޒާވުން މާލީ މަންފާ ހޯދޭނެ ގޮތެއް ހަދަން މުއިއްޒު ވައުދުވިއިރު ރައީސްގެ ބ އަތޮޅު ދަތުރުފުޅުގައި އެކަމާ ގުޅޭ ސިޔާސަތުތައް ވެސް އިއުލާންކުރައްވާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

“ކޮޕީ ކުރުމުގައި ވެސް މުއިއްޒުމެން އިންތިހާ އަށް،” ހިސާން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ފުވާދު

    ކަލޭ ކޯޓަށް ދާންވީ ނުން.މުއިއްޒުގެ ވައުދު ސޯލިހު ކޮޕީކުރީމަ ކަލެޔަށް މައްސަލަޔަކަށްނުވޭ.މަށަށް ފެންނަނީ ކޯޓަށް ގޮސްގެން މިމައްސަލަ ބަލަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.