
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ލައްކައަކަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން ބުނެފައިވަނީ 12:00 އާ ހަމައަށް ވޯޓުލެވޭ މީހުންގެ 44.86 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 126،866 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 61،343 އަންހެނުންނާއި 65،523 ފިރިހެނުންނެވެ.
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 12:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/EUFxszg7wH
— Elections Commission (@ElectionsMv) September 30, 2023
މިއާއެކު ވޯޓުނުލާ ތިބި މީހުންގެ އަދަދަކީ 155،938 އެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00ގަ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00އާ ހަމައަށެވެ.

