ޑރ. މުއިއްޒު، އިންތިހާބު ކާމިޔާބުކުރައްވައިފި

އިއްޔެ ނިންމައިލި ރިޔާސީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ސަޕޯޓަރުންނާ އެކު.—ފޮޓޯ: ނިޝާން އަލީ| މިހާރު

 މުޅި ރާއްޖޭގައި މިއަދު ބޭއްވި ވާދަވެރި ރިޔާސި އިންތިހާބު މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު މިއަދު ކަށަވަރު ކުރައްވައިފި އެވެ.

މިހާރު ހުރި ވަގުތީ ނަތީޖާތަކަށް ބަލާއިރު 198،824 ވޯޓް ވަނީ ގުނިފަ އެވެ. މި އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ތެރެއިން %86 އަށް ވުރެ ބޮޑު އަދަދެއް ވޯޓްލީ ކަމަށް އިލެކްޝަންސް އިން ލަފާކުރެ އެވެ. 

ވަގުތީ ނަތީޖާއަށް ބަލާއިރު މުއިއްޒު ރައީސް ސޯލިހުގެ މައްޗަށް ކުރީގައި އޮތީ 14،200 ވޯޓްގެ ތަފާތަކުންނެވެ. އެއީ %7.7 ވަރުގެ ލީޑެކެވެ. ދެން ނަތީޖާ ނުލިބި ހުރީ 83 ފޮއްޓެއްގެ އެވެ. ދެން ބާކީ އެ ހުރި ފޮށިތަކުގެ ނަތީޖާއިން ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ވޯޓް ހޯއްދެވޭނެ ކަމަކަށް ނުބެލެވެ އެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވެސް 15،474 ވޯޓުގެ ފަރަގެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.