ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންޓެކްޓް ސެންޓަރެއް އޭދަފުށީގައި ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނަޒީރު “ޓީޓީއެޗް ކޮންޓެކްޓް ސެންޓަރު” ހުޅުވާ ދެއްވަނީ.

ރާއްޖޭގައި އެންމެ މަތީ ފަންތީގެ ސިއްހީ ހިދުމަތް ދިނުމަށް އަމިއްލަ ފަރާތަކުން ފުރަތަމަ ފަހަރަށް ހުޅުވި ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންޓެކްޓް ސެންޓަރެއް މިއަދު އޭދަފުށީގައި ހުޅުވައިފި އެވެ.

އެ ސެންޓަރު ހުޅުވަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރެވެ.

މި ސެންޓަރު ހުޅުވާފައި ވަނީ އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގެ ދެކުނު ފަރާތުގައި ހަދާފައިހުރި ކޮމާޝަލް ބްލޮކެއްގަ އެވެ.

ކޮންޓެކް ސެންޓަރުގެ އެތެރެ. މިތަން ހަދާފައިވަނީ އެންމެ ޒަމާނީ ފެންވަރަށް

އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ އެ ސެންޓަރުގައި މިވަގުތު އެގާރަ މުވައްޒަފަކު މަސައްކަތް ކުރަމުންދެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ މި ކޮންޓެކްޓް ސެންޓަރާ އެކު މުޖުމްތަމައަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

“ޓީޓީއެޗް ކޮންޓެކްޓް ސެންޓަރު” ބައެއް މުވައްޒަފުންނާ ބައްދަލުކުރަނީ

“އަސްލު މީގެ އެންމެ ބޮޑު ބޭނުމަކީ ކޮމިއުނިޓީތަކަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބައިވެރިވުން އޮތްކަން އަންގައި ދިނުން. މި ތަން ހުޅުވުމާގެ މިރަށުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވެސް ވާނީ ހުޅުވިގެން ގޮސްފައި،  އާދިލް ވިދާޅުވި އެވެ.

“ޓީޓީއެޗް ކޮންޓެކްޓް ސެންޓަރު” ހުޅުވުމުގެ ރަސްމިއްޔާޜުގެ ތެރެއިން.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ. އަދި އެ ހޮސްޕިޓަލުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕްތައް ވެސް ބާއްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.