“އުރީދޫ ނޭޝަން – ގޭމާޒް ލޭންޑު” ފެސްޓިވަލުގައި ރަޖިސްޓްރީ ވާން ހުޅުވާލައިފި

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ކަމަށްވާ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގައި ކުރިއަށް ދާ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ގޭމިން ފެސްޓިވަލްގައި ބާއްވާ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށް ދައުވަތު އަރުވައެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކުގައި ހިމެނެނީ:

ރޭސިން ސިމް ޗެލެންޖް:

ވާޗުއަލްކޮށް ކާރު ދުއްވުމުގެ ހުނަރު ދައްކާލާ އެހެން ކުޅުންތެރިންނާ ވާދަ ކުރާ ރޭސިން ސިމް ޗެލެންޖުން މޮޅުވާ ފަރާތްތަކަށް ވަރަށް ހާއްސަ ފައިސާގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނަ އަށް ދާ ފަރާތަށް 11،000ރ ގެ ފައިސާ ލިބޭއިރު 2 ވަނަ އަށް ދާ ފަރާތައް 8،000ރ އަދި 3 ވަނަ އަށް ދާ ފަރާތަށް 6،000ރ ލިބޭނެއެވެ.

ކޮސްޕްލޭ:

ކޮސްޕްލޭ ޗެލެންޖްގައި ބައިވެރިވުމަށް ރެޖިސްޓްރީ ވާ ފަރާތްތަކުން އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލަށް ދާން ޖެހޭނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓަރެއްގެ ކޮސްޓިއުމުގައެވެ. މި މަހުގެ 19 އަދި 20 ގައި މި ގޭމިންގް ފެސްޓިވަލްގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު 3 ޖަޖުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖް ކޮށް އެންމެ ފުރިހަމަ ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ ބައިވެރިއަކަށް 10،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

3. އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24):

ގޭމަރުންގެ މެދުގައި މަގުބޫލު ފުޓުބޯޅައިގެ ގޭމު ކަމަށް ވާ އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24) ގައި ވާދަކުރާފަރާތްތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ފަރާތްތަކަށްވެސް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނަ އަށް ދާ ފަރާތަށް 20،000ރ އަދި 2 ވަނަ އަށް ދާ ފަރާތައް 10،000ރ، 3 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ އިނާމު ވަނީ ހުށަހަޅައިފައެވެ.

ޓެކްކެން މުބާރާތް

ޓެކްކެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ހާއްސަ ފައިސާގެ އިނާމުތަކެއް ހަމަޖެހިފައި ވާއިރު، މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 19 އަދި 20 ވަނަ ދުވަހުއެވެ. ޓެކްކެން މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ދާ ފަރާތަށް 5،000ރ ލިބޭއިރު 2 ވަނަ އަށް ދާ ފަރާތައް 3،000ރ އަދި 3 ވަނަ އަށް ދާ ފަރާތަށް 2،000ރ ލިބޭނެއެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ގޭމަރުންނަށް މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގެ ކުރިން http://ore.do/gamersland މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައްވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެސްޓިވަލްގައެވެ. 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލްގައި ވާދަކުރާނެއެވެ.

ޕަބްޖީ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމުތަކުގެ ތެރޭގައި 1 ވަނަ އަށް ދާ ޓީމަށް 50،000ރ ގެ ފައިސާ ގެ އިނާމު، 2 ވަނަ އަށް ދާ ޓީމަށް 20،000ރ ގެ ފައިސާ ގެ އިނާމު، 3 ވަނަ އަށް ދާ ޓީމަށް 10،000ރ ގެ ފައިސާ ގެ އިނާމު، 4 ވަނަ އަށް ދާ ޓީމަށް 5،000ރ ގެ ފައިސާ ގެ އިނާމު ގެ އިތުރުން 5 ވަނައިން ފެށިގެން 10 ވަނަ އަށް ދާ ޓީމުތަކަށް 1،500ރ ގެ ފައިސާ ގެ އިނާމު އަދި 11ވަނަ އިން ފެށިގެން 16 ވަނަ އާއި ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،000ރ ގެ ފައިސާ ގެ އިނާމު ދިނުމަށް ވަނީ ހަމަ ޖެހިފައެވެ.

މި މުބާރާތްތަކުގެ އިތުރުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯކުރުމާއި، ރައްޓެހިންނާއެކު ޖަސްޓް ޑާންސްއަށް ޑާންސް ކުރުމާއި، ތްރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ.

ކުޑަކުދިންނަށް ހާއްސަ ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓު ސްޓޭޝަންގެ އިތުރުން ފޮޓޯ ބޫތެއްވެސް މި ފެސްޓިވަލްގައި ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.