ބ. އަތޮޅުގެ އިތުރު ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

ބ. ދަރަވަންދޫ ތިލަ ސަރަޙައްދު، މިއަތޮޅުން 4 ސަރަހައްދެއް މިއަދު ވަނީ ހިމާޔަތްކޮށްފައި

ތިމާވެށީގެ ގޮތުން ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ބ. އަތޮޅުގެ ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އެ ހަތަރު ސަރަހައްދަކީ ބ. ހުރާފަރު ސަރަޙައްދު އާއި ބ. ދަރަވަންދޫ ތިލަ ސަރަޙައްދު އާއި ބ. ނެލިވަރު ސަރަޙައްދުގެ އިތުރުން  ބ. އިންނަފުށި ސަރަޙައްދު ކަމަށް ސަރަހައްދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ވ. އަތޮޅުން ވެސް އަށް ސަރަހައްދެއް ހިމާޔަތްކުރަން މިއަދު ވަނީ ނިންމައިފަ އެވެ. އެއީ ވ. ކަވަރުފަޅު ސަރަޙައްދު އާއި ވ. ފޮއްތެޔޮ ސަރަޙައްދު އާއި ވ. ހިނގާކުޅީ ފިނޮޅު ސަރަޙައްދު އާއި ވ. ތުޑުހުރާ އާއި ވ. ރުއްހުރި ހުރާ އާއި ވ.ރަކީދޫ ކޯނަރގެ އިތުރުން ވ. ފުށިފަރު ފަރުގެ ސަރަޙައްދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ކަނޑައަޅާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރި ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުންނެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި ފަރާއި ކަނޑޫފާ ރައްކާތެރިކުރަން މި ސަރުކާރުން ވަނީ ވައުދު ވެފަ އެވެ. އެގޮތުން މިއަދު ހިމާޔަތްކުރަން ނިންމާފައިވާ ބާރަ ސަރަހައްދަކީ ވެސް އެ މަސައްކަތުގެ ތެރެއިން ހިމާޔަތްކުރެވޭ ތަންތަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.