އުރީދޫގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ފަށައިފި

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް “އުރީދޫ ނޭޝަން ގޭމާސް ލޭންޑް” ރޭ ފަށައިފިއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރުގައި ރޭ ފެށި މި ގޭމް ފެސްޓިވަލްގައި 350 އަށްވުރެ ގިނަ ބައިވެރިން ވަނީ ރެޖިސްޓާކޮށް ބައިވެރިވެފައެވެ. މި ހަރަކާތުގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ، ކޮސްޕްލޭ، އެފްސީ24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް މި ހަފުތާ ބަންދު ތެރޭގައި ކުރިއަށްދާނެއެވެ.

ގޭމާސް ލޭންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައިވަނީ މި އިވެންޓް ގެ ޝަރަފުވެރި މެހެމާނު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަޙްމަދު ސަޢީދާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ޓެކްނޮލޮޖީ އޮފިސާ ބައްސާމް އަލް މޮމާނީއާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ޙުސައިން ނިޔާޒެވެ.

މި ގޭމިން ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެ ކު “އުރީދޫ ނޭޝަން – ގޭމާސް ލޭންޑް” ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ހަރަކާތަށެވެ.

ޕަބްޖީ މުބާރާތުގެ ފައިނަލް މެޗްތަކުން ވަނަ ހޯދާ ޓީމުތަކަށް ޖުމްލަ 89,000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާއިރު، މުބާރާތުގެ އެހެން ޓޯނަމަންޓްތަކުން ވަނަ ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމު ބަހާލެވިފައިވަނީ ތިރީގައިވާ ގޮތަށެވެ.

  • 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
  • 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް

“ގޭމާސް ލޭންޑަކީ ހަމައެކަނި މުބާރާތަކަށް ވުރެ ގޭމިންގް ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިން ގެ އިތުރުން ވީއާރް ގޭމިންގް ތަޖުރިބާކޮށްލާ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ކުޅުން ބަލާލާ ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެއެވެ،” އުރީދޫން ބުންޏެވެ.

މި ހަފުތާ ބަންދުތެރޭގައި ކުރިއަށް ދާ މި މުބާރާތްތަކުގެ ތެރެއިން ކޮސްޕްލޭ ޗެލެންޖްގައި ބައިވެރި ފަރާތްތަކުގެ ކޮސްޓިއުމްތައް ދައްކާލާ، އަންނަ ހޮނިހިރު ދުވަހުގެ ރޭ ގޭމާސް ލޭންޑް ގައި ކުރިއަށް ދާ ހުރިހާ މުބާރާތެއްގެ ވަނަތައް އިއުލާނުކޮށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

“ގޭމާސް ލޭންޑް ގައި ކުރިއަށް ދާ ހަރަކާތްތަކުގައި ބައިވެރިވުމަށާއި ކުޅުންތެރިންނަށް ސަޕޯޓްކުރަން ބޭނުންވާ ފަރާތްތަކުން، ޒިޔާރަތްކުރުމަށް އުރީދޫ ނޭޝަންއިން ދައުވަތު އަރުވަން،” އުރީދޫން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.