ބ. ބޮޑުފިނޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓް މިއަހަރުތެރޭ ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ 310 އެނދުގެ ބޮޑުފިނޮޅު ރިސޯޓާއި އެކު، އަހަރުގެ ނިމުމުގެ ކުރިން އިތުރު ހަތަރު ރިސޯޓެއް ހުޅުވާނެ ކަމަށެވެ.
އެގޮތުން މިއަހަރު ހުޅުވަން ޕްލޭންކޮށްފައި މިހާރު ހުރި ރިސޯޓްތަކަކީ ޅ. މާބިންހުރާގައި ތަރައްގީ ކުރަމުން އަންނަ 408 އެނދުގެ ރިސޯޓާއި އެ އަތޮޅު ދެރުފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ 172 އެނދުގެ ރިސޯޓްގެ އިތުރުން މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްގީ ކުރަމުން އަންނަ 174 އެނދުގެ ރިސޯޓެވެ.
ބ.އަތޮޅުގައި މިއަހަރު ވަނީ ބ. ފަރެސްގައި ތަރައްގީކުރި ފަރެސް މޯލްޑިވްސް ރިސޯޓުވެސް ހުޅުވާފަ އެވެ
މަތީ ފެންވަރުގެ ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަމުން އަންނަ ބ. އަތޮޅުގައި މިއަހަރު ފަރެސް މޯލްޑިވްސްގެ ނަމުގައި މަތީ ފެންވަރުގެ ރިސޯޓެއް ހުޅުވާފައިވެ އެވެ.