ރެޑްވޭވްގެ ހުޅުމާލޭގެ ސުޕްމާޓް އަތުލާނެ ކަމުގެ އިންޒާރުދީފި

ރެޑްވޭވް އިން ހުޅުމާލޭގައި ރޭ ހުޅުވި ސުޕަމާކެޓް  -- ފޮޓޯ / އެޗްޑިސީ
ރެޑްވޭވް އިން ހުޅުމާލޭގައި ރޭ ހުޅުވި ސުޕަމާކެޓް — ފޮޓޯ / އެޗްޑިސީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުޅުމާލޭގައި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި އަހަރުގެ ކުރީކޮޅު ހުޅުވި ސުޕަމާޓް އަތުލާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދީފި އެވެ.

ސަލީމުގެ ކުންފުނިން ހުޅުމާލޭގައި ހެދި ފިހާރަ އާއި ގުދަން އަތުލަން އެޗްޑީސީން ބުދަ ދުވަހު ނޯޓިސް ފޮނުވީ، ފިހާރަ އާއެކު ހުޅުވަން ނިންމާފައިވާ ކެފޭ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެވެ.

މިކަމާ ގުޅިގެން “މިހާރޫ” އާ ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ އެ ފިހާރަ ކުއްޔަށް ހިފަން ހެދި އެގްރިމަންޓް ބުނާ ގޮތުން ކެފޭ ހުޅުވަން ޖެހެނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. ނަމަވެސް މިހާރު ނޯޓިސް ފޮނުވާފައި އޮތީ މި މަހުގެ ނުވައެއްގެ ކުރިން ހުޅުވަން ކަމަށާއި ކެފޭ އެ ދުވަހުގެ ކުރިން ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ސަލީމު ވިދާޅުވެފައިވެ އެވެ.

ސަލީމު ވިދާޅުވި ގޮތުގައި، އޭނާ އެތަން ހިންގަނީ މާލެ އަށްވުރެ ހެޔޮ އަގުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ތަކެތި ވިއްކަން ވަރަށް ބޮޑު ހޭދައެއްކޮށްގެންނެވެ.

“އެހެން ހިންގަނިކޮށް އެއްބަސްވުމާ ހިލާފު ނުވަނީސް މި އިންޒާރުދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށް،” އޭނާ ވިދާޅުވި އެވެ.

ރެޑްވޭވްގެ ހުޅުމާލޭގެ ސުޕްމާޓް އަތުލާނެ ކަމުގެ އިންޒާރުދީފައި މިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލައިގެ ތެރޭގައި ޕީޕީއެމް ދެފަޅިވިއިރު ސަލީމް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.