އުރީދޫގެ ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި

ޕަބްޖީ މުބާރާތުން އެއްވަނައަށް ހޮވުނު ޓީމު– ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި އެވެ.

ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް މުބާރާތާއި ކޮސްޕްލޭ އާއި އެފްސީ 24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތުން ވަނަކަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ދީފައިވެއެވެ.

އީއެފްސީ 24 އިން އެއްވަނައަށް ހޯދި މުހައްމަދު އައިމަން އަހުމަދަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައި ވެއެވެ. އެ މުބާރާތުގެ އިނާމުތަކަށް އުރީދޫން 40،000ރ. ދިނެވެ. އަދި އީއޭއެފްސީ 24 ގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ އިތުރުން ޓޮފް ސްކޯރާއަށް ވެސް އިނާމު ދިނެވެ.

ކެޕްޝައީއެފްސީ މުބާރާތުން އެއްވަނައަށް ހޮވުނު މުހައްމަދު އައިމަން އަހުމަދު– ފޮޓޯ: އުރީދޫ

ކޮސްޕްލޭ މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އަހުމަދު ވިޝާމެވެ. އޭނާއަށް ވަނީ 10،000 ރުފިޔާގެ އިނާމެއް ލިބިފައެވެ.

ޓެކްކެން މުބާރާތުން އެއް ވަނަ ހޯދީ، އަހުމަދު އަބާން އެވެ. އޭނާ އަށް ވަނީ 5،000ރ. ގެ ފައިސާގެ އިނާމެއް ލިބިފައެވެ. އެ މުބާރާތުގެ އެކި ވަނަތަކަށް 10،000ރ. ގެ އިނާމު ވަނީ ކަނޑައަޅާފައެވެ.

އުރީދޫން އެންމެ ބޮޑު އިނާމެއް ކަނޑައަޅާފައިވަނީ ޕަބްޖީ މޯބައިލް މުބާރާތަށެވެ. އެގޮތުން އެ މުބާރާތުން އެއްވަނަ ހޯދީ އީޓޫއެސް ޓީއެމްސެވެން ޓީމުންނެވެ. އެ ޓީމަށް ވަނީ 50،000 ރުފިޔާ ދީފައެވެ. ފަބްޖީގެ މޯބައިލް މުބާރަތުގެ ވަނަތަކަށް ހުރިހާ ފަރާތްތަކަށް އުރީދޫން ވަނީ 89،000 ރުފިޔާގެ އިނާމު ދީފައެވެ.

ޓެކްކެން މުބާރާތުން އެއްވަނަ ހޯދި އަހުަމަދު އަބާން _ ފޮޓޯ: އުރީދޫ

މި ގޭމިން ފެސްޓިވަލާ ގުޅޭ ގޮތުން، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ވިދާޅުވީ، އެ ފެސްޓިވަަލަށް އެއްހާހެއްހާ މީހުން ޒިޔާރަތް ކުރިކަން އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. އަދި މި މުބާރާތުގައި 300 މީހުން ބައިވެރި ވިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހުގެ ނިޔަލަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އީ ގޭމިން ފެސްޓިވަލް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ އާ މުބާރާތްތައް އިތުރުކޮށްގެން ކަމަށެވެ.

“އޭގެ ތެރޭގައި އިންޓަ ސްކޫލް އީ ގޭމިން ޓޯނަމެންޓާއި ޔުނިވާސިޓީ އީ ގޭމިން ޓޯނަމެންޓާއި އަދި އިންޓަ އޮފީސް އީ ގޭމިން ޓޯނަމެންޓެއް ވެސް ބޭއްވިގެންދާނެ،” ނިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުރީދޫން މަސައްކަތް ކުރަނީ އީ ގޭމިން ދާއިރާ ރާއްޖޭގައި ކުރިއަރުވައި، ރާއްޖެއަށް، ބޭރުގެ ގޭމިން މުބާރާތްތަކުގައި ގޯލްޑް މެޑަލް ލިބޭނެ ފަދަ ކުޅުންތެރިން އުފެއްދުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.