ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިއަހަރު ހިތާދޫގައި

    ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ. އޭދަފުށީ ކައުންސިލުންދަނީ ގުރުއާން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން-

ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ. ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިއަހަރު އޮންނާނީ ހިތާދޫގައި. –

 

ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް މިއަހަރު ބާއްވާ ރަށަކަށް ބ. ހިތާދޫ ހަމަޖައްސައިފި އެވެ.

އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ގުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތްތަކުންނެވެ. އެގޮތުން ރަށްރަށުގެ ސްކޫލުތަކުން ބޭއްވި މުބާރާތްތަކުން އެންމެ ރަގަޅު ނަތީޖާ ހޯދިކުދިން އަތޮޅު މުބާރާތުގައި މިހާރު ބައިވެރިކޮށްފައިވާކަމަށް ބ. އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ. އަތޮޅު މުބާރާތުގައި ބައިވެރިވެފައިވާ ރަށްރަށަކީ، އޭދަފުށި، ހިތާދޫ، ތުޅާދޫ، ކެންދޫ، ދަރަވަންދޫ އަދި ކަމަދޫ އެވެ.

މި އަހަރުގެ އަތޮޅު ގުރުއާން މުބާރާތުގައި 47 ކުދިން ބައިވެރިވެފައި ވެ އެވެ. އެއީ ތުޅާދޫ ސްކޫލުން 11 ދަރިވަރުންނާއި، ހިތާދޫ ސްކޫލުން 10 ދަރިވަރުންނާއި، ބ. އަތޮޅު ތައުލީމީ މަރުކަޒުންނާއި ކަމަދޫ ސްކޫލުން 3 ދަރިވަރުންނާއި، ދަރަވަންދޫ ސްކޫލުން 2 ދަރިވަރުންނާއި ކެންދޫ، ތުޅާދޫ ހިތާދޫ އަދި ދަރަވަންދޫގައި ހިންގާ އަމިއްލަ ގުރުއާން ކުލާސްތަކުން ބައިވެރިވި 18 ދަރިވަރެކެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ން 27 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު ބޭއްވި ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް ބާއްވާފައިވަނީ އޭދަފުށީގަ އެވެ. އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތަށް ފޮނުވާނެ ކުދިން ތައްޔާރު ކުރުމުގެ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. three s

    މިފަހަރު އޭދަފުށީގައި ރަށުކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޤުރުއާން މުބާރާތަކީ ހަމަނަމަކަށް ބޭއްވި މުބާރާތެއް. ޤުރުއާން ކުލާހުން ބައިވެރިވިދަރިވަރުންނަކަށް ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ނާންގާ. އަދި މުބާރާތުގެ އެއްވެސް ޤަވައިދެއްވެސް ނުފޮނުވާ. މިއީ މިފަދަކަމެއް ކޮށްގެންވާނެ ކަމެއްނޫން. މިމުބާރާތުގައި ބައިވެރިވި ގިނަ ދަރިވަރުންގެ ބެލެނިވެރިންނަކަށް ނޭނގޭ މިމުބާރާތުން އަތޮޅު މުބާރާތަށް ދަރިވަރުން ހޮވަނީކިތައް މާކުސް ލިބިގެން ކަމެއް. ސަބަބަކީ މުބާރާތުގެ އެއްވެސް ޤަވައިދެއް ބެލެނިވެރިންނާ ހިއްޞާކޮށްފައި ނުވާކަން. މިއީ ކައުންޞިލުން ކަމެއްކުރީމޭ ބުނަންކޮށްފައިވާ ކަމެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.