
މިރޭ ހިފާ ހަނދު ކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިރޭ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 11:01 ގަ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަނދު ކޭތަ ވިއްލާނެ ކަމަށް ބެލެވެނީ މެންދަމުން އަލިވެ 3:26 ގަ އެވެ.
އިސްލާމިކް މިނިސްްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި އަންގާފައިވަނީ ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށެވެ. ކޭތަ ނަމާދު ކުރަން އަންގާފައިވަނީ މިރޭގެ 1:15 ގަ އެވެ.

