އޭދަފުށީގައި އެމްއައިބީގެ ސޭލްސް ސެންޓަރެއް ހުޅުވައިފި

އެމްއައިބީގެ އާ ސާވިސް ސެންޓަރު ހުޅުވީ އޭދަފުށީގައި– ފޮޓޯ:އެމްއައިބީ

ބ. އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސޭލްސް ސެންޓަރެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު އޭދަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައްއިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އާއި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހެވެ.

އެމްއައިބީން ބުނީ މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްދޭ ސެންޓަރެއް ކަމަށެވެ. ފައިސާ ޖަމާކުރުމާއި ނެގުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށްލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

މި ސޭލްސް ސެންޓަރާއެކު އެމްއައިބީގެ ހިދުމަތް މުޅި ބ. އަތޮޅަށް ފުޅާކުރެވޭނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ އޮންލައިންކޮށް، އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް އަމިއްލައަށް ރަޖިސްޓްރީ ކޮށްލެވޭ ކަމަށެވެ. އަދި ބޭންކްގެ އެކި ހިދުމަތްތަކަށް މުވައްޒަފުންގެ އެހީ ހޯދޭނެ އެވެ.

އެމްއައިބީގެ ފައިނޭންސިން ހިދުމަތް ހޯދުމަށް މާލެ އައުމުގެ ބަދަލުގައި އެ ސަރަހައްދުންނަށް މިހާރު ހިދުމަތް ހޯދޭނެ އެވެ. އެމްއައިބީ އިން ބުނީ މިއީ އެބޭންކުގެ އާ ތަސައްވަރު ކަމަށާއި މިފަދަ ޒަމާނީ ބްރާންޗަކަށް ކުރިއަށް އޮތް ތަނުގައި ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެގޮތުން އދ. އާއި ލ. އަތޮޅުގައި ވެސް އެމްއައިބީގެ ސާވިސް ސެންޓަރުތައް ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.