ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު ގުރުއާން މުބާރާތުގެ މިއަތޮޅު ތުޅާދޫގައި ރޭ ފަށައިފި އެވެ.
މިމުބާރާތުގައި މިއަހަރު މިއަތޮޅުގެ ދިހަ ރަށަކުން 147 ދަރިވަރުން ވާދަކުރެއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ބަލައިގެން ކިޔަވާ ގޮފިން 97 ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ އިރު، ނުބަލާ ކިޔަވާ ގޮފިން 50 ދަރިވަރަކު ކިޔެވުމަށް ހަމަޖެހިފަވާ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ.
ތުޅާދޫ ސްކޫލުގެ ހޯލުގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރިނުވަނީ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫން އެކަންޏެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ ދަރިވަރުންނަށް މިއަހަރު އޮންނަ ރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.