މިފަހަރު ވެސް ބ. އަތޮޅު ގުރުއާން މުބާރާތުގެ އެއްވަނަ ތުޅާދޫ އަށް

ބ. އަތޮޅުގެ ގުރުއާން މުބާރާތުގެ އެއް ވަނަ ޖެހިޖެހިގެން ދެވަނަ ފަހަރަށް ތުޅާދޫ ކައުންސިލުން ހޯދައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި މަހުގެ 2-4 އަށް ތުޅާދޫގައި ބޭއްވި ގުރުއާން މުބާރާތުގައި މިއަތޮޅުގެ ދިހަ ރަށަކުން ޖުމްލަ 147 ދަރިވަރުން ވާދަކޮށްފައިވާ އިރު، މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ މިދިޔަ އަހަރު ވެސް ދެވަނަ ހޯދި ކެންދޫ ކައުންސިލުންނެވެ. މިފަހަރުވެސް ތިންވަނަ ލިބުނީ އޭދަފުށީ ކައުންސިލަށެވެ.

މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ދަރަވަންދޫ ކައުންސިލުގެ ދާނިސް ބިން މުހައްމަދު ފަތުހީ އެވެ. ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ލިބުނީ ތުޅާދޫ ކައުންސިލުގެ ފާތުމަތު ނިޝްޔާ ޝުޖާއު އަށެވެ.

މި މުބާރާތުގައި ހުރިހާ ކީ ސްޓޭޖްތަކެއް ވަކިން ވެސް ވަނަތައް ވަނީ ހޮވައި އިނާމުދީފަ އެވެ.

ތުޅާދޫ ސްކޫލުގެ ހޯލުގައި އިއްޔެ ހެނދުނު ބޭއްވި، އަތޮޅު ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ ހޯދި ދަރިވަރުންނަށާއި ކައުންސިލްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްލާމު މުދައްރިސް ޝެއިޚް އަބްދުލްމަޖީދު މުހައްމަދު އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ ބޭނުމަކީ، ގައުމީ މުބާރާތަށް ކުދިން ހޮވުމުގެ އިތުރުން މިއަތޮޅުގައި ގުރުއާނަށް ލޯބި ޖެހިފައިތިބި ދަރިންތަކެއް އުފެއްދުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.