އުރީދޫ ފަން ރަން އެކު ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ އުރީދޫ ފަން ރަން 2023، ޑިސެމްބަރު މަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފާވާކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި އެކުންފުނިން ވަނީ ފަން ރަން އިއުލާނުކޮށް މި އުފާވެރި ދުވުމުގައި ބައިވެރިވާން ބޭނުން ވާ ފަރާތްތަކަށް، މޫލީ މެދުވެރިކޮށް 30 ނޮވެންބަރު ގެ ނިޔަލަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އާއި ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ބައިވެރިވެވަޑައިގެންނެވި އިރު، މި އަހަރުގެ ފަން ރަން އަކީ، ހުރިހާ ބައިވެރިންނަށް ވެސް އުފާވެރިކަމާއި ހިނިތުންވުމާއި، ހަނދާން ނައްތާނުލެވޭފަދަ ތަޖުރިބާތކަކަކުން ފުރިގެންވާ ދުވަހަކަށް ހެދުމަށް ރާވާފައިވާ ހާއްސަ ހަރަކާތްތައް އިފްތިތާހުކޮށްދެއްވި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަ ޑްރޯން ރޭސް، އުރީދޫ ޑްރޯން ރޭސް ވެސް އުރީދޫ ފަން ރަން އާއެކު ބޭއްވުމަށް ހަމަ ޖެހިފައިވާކަމަށް އެކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

“އުރީދޫ ފަން ރަންގެ 2023 އަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭސް – އުރީދޫ ޑްރޯން ރޭސް ތައާރަފްކޮށް، ފަން ރަން ގެ ހަރަކާތްތަކުގެ އުފާވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑްރޯން ރޭސިންގ ފަދަ ތަފާތު ކުޅިވަރުތައް ތައާރަފްކޮށް، އަޅުގަނޑުމެންގެ އަމާޒަކީ އުފެއްދުންތެރި ކަމާއި ހުނަރު ދައްކާލެވޭ މަޖާ އަދި އުފާވެރި ތަޖުރިބާތައް ފަހިކޮށްދިނުން.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ޑްރޯން ރޭސް އާއެކު އުރީދޫ ފަން ރަންގެ ހަރަކާތަތަކަށް މި އަހަރު އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. 22 ޑިސެމްބަރ 2023 ގެ ހެނދުނު ހުޅުމާލޭގައި ކުރިއަށްގެންދާ އުރީދޫ ޑްރޯން ރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ޑްރޯން ރޭހެވެ. ޑްރޯން އަށް ޝައުގުވެރިވާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވެ އަދި ރޭސް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުރީދޫ ފަން ރަން ގެ ޕްރިމިއަމް ޕާޓްނަރު ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ރޭހުން އެއްވަނައަށް ދާ ފަރާތައް ހާއްސަ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރޭހުގެ ބައިވެރިން ގެ އަމާޒަކަށް ވާންވާނީ ހުރަސްތަކާއި ހޫޕްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯން ރޭސިން ޓްރެކުގައި ވާދަކޮށް އެންމެ އަވަހަށް ނިންމުމަށެވެ. އުރީދޫ ޑްރޯން ރޭހުގު އިތުރު މައުލޫމާތާއި ރަޖިސްޓްރީވުމުގެ ތަފްސީލް އުރީދޫ މޯލްޑިވްސްގެ އޮފިޝަލް ސޯޝަލް މީޑިއާ ޕޭޖްތަކުން ވަރަށް އަވަހަށް އިއުލާނު ކުރާނެއެވެ.

“2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑީޖޭއައިގެ އޮތޮރައިޒްޑް ސެލާގެ ހައިސިއްޔަތުން އުރީދޫ ފަން ރަންގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާއެކު ބައިވެރިވުމަކީ ސްޓެބިސިސް ފަޚުރުވެރިވާ ކަމެއް. ޑީޖޭއައިގެ ޑްރޯން، ކެމެރާ ތަކާއި އެކްސެސޮރީޒް ރާއްޖެއަށް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭހުގެ ޕާރޓްނަރަކަށްވެ، ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިފަދަ ފުރުޞަތުތައް ހުޅުވާލައި، ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް އުފެއްދުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވި އެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ.

· 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެ އެވެ.

· 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ އެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވީއިރު ހަވީރު ބޭއްވޭ ފަން ރަންއަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާއެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެއެވެ.

އުރީދޫ ފަން ރަން އާއި ފަން ރަން ގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ވެބްސައިޓުން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.