ކެންދޫ ސްކޫލުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފަށައިފި

ކެންދޫ ސްކޫލުގައި އަލަށް ހެދި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތު

ބ. ކެންދޫ ސްކޫލަށް އިތުރުކުރި އާ ކްލާސްރޫމްތައް ބޭނުންކުރަން ފަށައި، އެ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

ކެންދޫ ސްކޫލުގައި ސަރުކާރުން ވަނީ އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކޮށްދެއްވާފައެވެ.

ކެންދޫ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލް އާ ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރު ޑރ. އައިޝަތު އަލީއެވެ.

ކެންދޫ ސުކޫލުން ބުނިގޮތުގައި އެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބެލެނެވެރިންނަންވެސް އަދި ސްކޫލުގެ މުވައްޒަފުންނަށްވެސް ފަސޭހަތަކެއް ލިބި، ސްކޫލުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރިއަށް ވުރެ ތަނަވަސް ފުރުސަތުތައް ލިބޭނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 10 އަށް ކިޔަވައިދޭ އެ ސްކޫލުގައި 250  އެއްހާ ދަރިވަރުން ކިޔަވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.