ތިމަރަފުށި އަތުން ބަލިވެ އޭދަފުއްޓަށް ގްރޫޕް ބީ ގެ 2 ވަނަ

ތިމަރަފުއްޓާ ދެކޮޅަށް މިއަދު އޭދަފުށިން ކުޅެން ނިކުތް ފުރަތަމަ 11 | ފޮޓޯ:ފޭސްބުކް
ތިމަރަފުއްޓާ ދެކޮޅަށް މިއަދު އޭދަފުށިން ކުޅެން ނިކުތް ފުރަތަމަ 11 | ފޮޓޯ:ފޭސްބުކް

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ރައުންޑްގައި މިއަދު ހަވީރު ތ.ތިމަރަފުއްޓާއި އޭދަފުށި ބައްދަލުކުރި މެޗުން އޭދަފުށި ބަލިވުމުން އޭދަފުއްޓަށް ގްރޫޕް ބީ ގެ 2 ވަނަ ލިބިއްޖެއެވެ.

ތިމަރަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް ތިމަރަފުށިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. ތިމަރަފުށިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 24 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އާދަމް
ނާސިހްއެވެ. މި ލަނޑު ނާސިހް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުުނު ޕެނަލްޓީއަކުންނެވެ.

މި ނަތީޖާއާއެކު ތިމަރަފުއްޓަށް ވަނީ 9 ޕޮއިންޓާއެކު ގްރޫޕް ބީ ގެ އެއްވަނަ ލިބިފައެވެ. 6 ޕޮއިންޓާއެކު އޭދަފުއްޓަށް ލިބިފައިވަނީ ގްރޫޕްގެ 2 ވަނައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ 1 ވަނަ ޓީމް ކަމަށް ވާ އަދި އެންމެ ފަހުގެ ޗެންޕިއަންޓީމް ސ.ފޭދޫ އާއި ގްރޫޕް ބީ ގެ 2 ވަނަ އޭދަފުއްޓެވެ. މި މެޗް އޮންނާނީ ނޮވެމްބަރ 7 ވާ ހޯމަ ދުވަހު ދ.ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ 1 ވަނަ ތިމަރަފުއްޓާއި ގްރޫޕް އޭ 2 ވަނަ ކުޑަހުވަދޫއާއެވެ. މި މެޗް އޮންނާނީ ނޮވެމްބަރ 8 ވާ އަންގާރަ ދުވަހު ތިމަރަފުށި ފުޓްބޯޅަ ދަނޑުގައެވެ.

ސެމީ ފައިނަލްގެ 2 މެޗްވެސް ލައިވް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން އެފް.އޭ.އެމް އިން ވަނީ ބުނެފައެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހު މާލޭގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.