އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްލައިގެން އަގުހުރި އިނާމުތަކެއް

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކޮށްގެން ޚާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަން މިއަދު އިއުލާންކޮށްފި އެވެ.

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭ އިރު ޕްރޮމޯޝަން ގެ ގްރޭންޑް ޕްރައްޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު ވެސް މި ޕްރޮމޯޝަން އިން ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ އިއްޔެ އިން ފެށިގެން މި އަހަރުގެ ނިޔަލަށެވެ. އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފްތާ އެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާޖް ކުރާ ފަރާތްތައް ވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިގޮތުން ރީޗާޖް ކުރާ ފަރާތްތަކުގެ ވީކްލީ އަދި ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ހަމަ ޖެހިފައިވާ އިނާމު ތަކަކީ:

  • ޕްރޮމޯޝަން ގެ މުއްދަތުގައި 20ރ އާއި އެއަށް ވުރެ މަތިން ރީޗާޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް “ގްރޭންޑް ޕްރައިޒް ވިނާ” ގެ އިނާމުގެ ގޮތުގައި އައިފޯން 15 ޕްރޯ މެކްސް އެއް ލިބިގެންދާނެ.
  • އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް “ވީކްލީ ވިނާ” ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު – މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް

އުރީދޫ އެޕް ވަނީ ދާދި ފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް، ގިނަ ހިދުމަތްތަކެއް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.