ކްލީކް ކޮލެޖުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފި

ކްލީކް ކޮލެޖްގެ 2022 އަދި 2023ގެ އަހަރުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާއިފިއެވެ.

ޣިޔާޒުއްދީން ސްކޫލުހެ ހޯލުގައި ބޭއްވި ހަފްލާގައި ޖުމުލަ 143 ދަރިވަރުން ވަނީ އެ ކޮލެޖުން މިއަހަރު ދަސްވެނިވެފައެވެ. ދަސްވެނިވުމުގެ ހަފުލާގެ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އެ ކޮލެޖްގެ ދަސްވެނިވުމުގެ ހަފުލާގައި އެކި ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމުގެ އިތުރުން 2022 ވަނަ އަހަރު ތަޢުލީމީ ގޮތުން މަތީ ވަނަތަށް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި އެވޯރޑްވަނީ ދީފައެވެ.

މީގެ އިތުރުން ކޮލެޖްގެ އެކި ޙަރަކާތްތަކުގައި ބައިވެރިވެ، ކޮލެޖަށް ޙިދުމަތް ކޮށްދީފައިވާ ދަރިވަރުންނާއި ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ މުދައްރިސުންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ދީފައިވެއެވެ.

ކްލީކް ކޮލެޖްގެ “އެޗީވްމަންޓް އެވޯޑް” ލިބިފައިވާ ދަރިވަރުން

  • ޒަކްވާން ޒާހިލް ޒަމީރު
  • މުޙައްމަދު މާއިޒް އަޙްމަދު
  • އައިމަން އަބްދުލް ރަޝީދު އަބޫބަކުރު
  • ނަބްހާން ޢަލީ ވަހީދު
  • މަރްޔަމް މިންހާ ހަނީފް
  • އައިޝަތު ޢައިން ނައުޝާދު
  • ރަޝާން ޝުހައިލް
  • ހުޝާމް އަބްދުލް ޙަކީމް
  • ޙަސަން ނަސީރު
  • އައިމިނަތު ސޫނިޔާ
  • އިސްމާޢީލް ޔަޢީޝް އަދްލީ
  • ރިޝްވާން ރަޝީދު
  • އަޙްމަދު މަންސޫރު
  • ޢަބްދު ﷲ މުޙައްމަދު
  • ފާތިމަތު ޝައިލާން އަފްޒަލް

“ސްޕެޝަލް އެވޯޑްސް” ލިބުނު ދަރިވަރުންނާއި މުދައްރިސުން:

  • މަރްޔަމް މާހާ މަދީހް – އެޑްވާންސިންގ ބިޒްނަސް އެޑިއުކޭޝަން (ABE, UK)، ޓޮޕް ޕޭޕަރ އެވޯރޑް.
  • އިސްމާއިލް ޔައީޝް އަދްލީ – (ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސަލަންސް)
  • އައިމިނަތު ޝިގަފް އަފްޒަލް – (ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސަލަންސް)
  • އެންޖެލިކާ މަރީނާ ފޮރސައިތް – (ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސަލަންސް)
  • ނައުޝާދު އާދަމް – (އެވޯޑް ފޯރ އައުޓްސްޓޭންޑިންގ ސްޓޫޑެންޓް ލީޑަރޝިޕް އެންޑް ކޮންޓްރިބިއުޝަން)
  • ދަލޫފް އަޙްމަދު – އެވޯޑް ފޯރ އައުޓްސްޓޭންޑިންގ ސްޓޫޑެންޓް ލީޑަރޝިޕް އެންޑް ކޮންޓްރިބިއުޝަން)
  • މިރުޝާ އަބްދުލްސައްތާރު – (އެވޯޑް ފޯރ އެކްސަލަންސް އިން ޓީޗިންގ)
  • ޢަލީ ރިއާދް – (އެވޯޑް ފޯރ އެކްސަލަންސް އިން ޓީޗިންގ)
  • ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވޭތުވެ ދިޔަ 23 އަހަރު ޙިދުމަތް ކޮއްދެއްވާފައިވާ ކްލީކް ކޮލެޖަކީ ދުނިޔޭގެ ފެންވަރުގައި ބަލައި ގަންނަ އެތައް ކޯސްތަކެއް ކުރިއަށްގެންދާ ގިނަ އަދަދެއްގެ ދަރިވަރުންގެ އިތުބާރު ލިބިފައިވާ ކޮލެޖެކެވެ.
  • އެ ކޮލެޖުން ފޯރުކޮށްދޭ އެކި ލެވެލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ކްލީކް ކޮލެޖްގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން، މެލޭޝިޔާގެ SEGi Universityގެ ބެޗެލަރސް ޑިގްރީ، އިނގިރޭސިވިލާތުގެ އެޑްވާންސިންގ ބިޒްނަސް އެޑިއުކޭޝަން (ABE, UK)، ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (CTH, UK) އަދި އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (ACCA) ގެ ޕްރޮގްރާމްތަށް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.