
އޮންލައިންކޮށް ކައިވެންޏާ ގުޅޭ ފޯމުތައް ހުށަހެޅޭ ޕޯޓަލްއެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ތައާރަފްކޮށްފި އެވެ.
މި ޕޯޓަލް އަކީ ކައިވެންޏާ ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ޢާންމުންނަށް ފަސޭހަކުރުމުގެ މަޤްސަދުގައި ޑިވެލޮޕްކޮށްފައިވާ ޕޯޓަލް އެއް ކަމަށް ޑީޖޭއޭއިން މަޢުލޫމާތުދެއެވެ.
މި ޕޯޓަލް ލޯންޗުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މިއަދު ލޯންޗުކުރި މި ޕޯޓަލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕޯޓަލް އިން ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކައިވެންޏާ ގުޅުން ހުރި ފޯމުތަކެވެ. ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓުގެ ފޯމުތައް ވެސް ހުށަހެޅޭނެ ކަމަށް ޑީޖޭއޭއިން މަޢުލޫމާތުދެއެވެ.
ކާވެންޏާ ގުޅުންހުރި ފޯމްތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ޑިވެލޮޕްކޮށްފައިވާ "ކާވެނި ޕޯޓަލް" ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު އިފްތިތާޙު ކޮށްދެއްވައިފި. (1/6) pic.twitter.com/Iq5UIvYcwA
— Maldives Judiciary (@judiciarymv) November 15, 2023
ޕޯޓަލް ލޯންޗުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ ފޯމުތަކުގެ 60 އިންސައްތައަކީ ކައިވެނީގެ ފޯމުތައް ކަމަށާއި މި ޕޯޓަލްއާއެކު ކޯޓުތަކުން ދޭ ޚިދުމަތްތަކާއި އެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެކަމަށެވެ.