ފެހެންދޫ ދަރިވަރުން ގޮއިދޫ ސްކޫލަށްދާން ލޯންޗެއް ހަދިޔާކޮށްފި

ferrry

ބ. ފެހެންދޫ ސްކޫލުގެ ދަރިވަރުން ގޮއިދޫ ސްކޫލަށް ދިއުމަށް ހާއްސަ ލޯންޗެއް އެޑިއުކޭޝަން މިނިސްޓްރީން އެ ރަށަށް ހަދިޔާކޮށްފި އެވެ.

މި ލޯންޗަކީ އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ރ އަތޮޅު ފަސްރިޔާ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު އެ ސްކޫލަށް ހަދިޔާކުރި ލޯންޗެކެވެ.

މި ލޯންޗު ހަދިޔާކުރީ އެޑިއުކޭޝަން މިނިސްޓަރު މި އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކުގެ ހާލަތު ބެއްލެވުމަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ގޮއިދޫގަ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

19 ފޫޓު ދިގު އަދި 13 ފޫޓު ފުޅާމިނުގެ މި ލޯންޗަކީ 13 މީހުންގެ ޖާގައިގެ ލޯންޗެކެވެ. ފެހެންދޫއިން ގޮއިދޫއަށް ސްކޫލަށްދާ ކުދިންގެ އަދަދަކީ 11 އެވެ. މި ލޯންޗަކީ ސީޓް ހަރުކޮށް އަތްވާއި ވާރޭއިން ނިވާވާނެ އަދި ތިލަ ފަޅުގައި ދުއްވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ލޯންޗެކެވެ.

goidhoo

މި ލޯންޗުގައި އަޅާފައިވާ 50 ހޯސްޕަވަރުގެ އިންޖީނަކީ އެމްޓީސީސީން ހަދިޔާކޮށްފައިވާ އިންޖީނެކެވެ. މި އިންޖީނުގެ މެއިންޓެނެންސް އެ ކުންފުނިން ހިލޭ ބަލަހައްޓައިދޭން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިފެރީގެ ޙިދުމަތް ބަލަހައްޓަވަމުން ގެންދާނީ ގޮއިދޫ ސްކޫލް ޕީޓީއޭގެ ފަރާތުންނެވެ. މީގެ ކުރިން ފެހެންދޫ ދަރިވަރުން ސްކޫލަށް ދަނީ، ޑިންގީއެއްގަ އެވެ.

2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލު ދަރިވަރުން ގޮއިދޫ ސްކޫލަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކޮންމެ ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.

ނަމަވެސް މިނިސްޓްރީން ބުނީ މި ފެރީގެ ހިދުމަތް ދޭން ފެށުމުން އުސޫލުގައި އޮންނަ ގޮތަށް ކޮންމެ މަހަކު ކުދިންނަށް ދެމުން ގެންދާ އެލަވަންސް ދިނުން ހުއްޓާލާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.