
އްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މުއިއްޒަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުދާން އެވެ.
ރައީސް މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ ހުވާ ކުރައްވާފަ އެވެ. އެމަނިކުފާނަށް ހުވާ ލައިދެއްވީ ވެސް އުއްތަމަ ފަނޑިޔާރެވެ.
ހުވާކުރެއްވުމަށްފަހު ގައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ފެށުނު ރިޔާސީ ދައުރުގައި ދެ ކަމަކަށް ގައުމު ބިނާކުރާނެ ކަމަށެވެ. އެގޮތުން އެކުލަވާލާ ސަރުކާރު ދެ އަސާސެއްގެ މައްޗަށް އިސްކަން ދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު، ދުވަހަކު ވެސް ނުދެކޭ ވަރުގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށާއި އެކަމަށް އާ ސަރުކާރު ތައްޔާރަށް އޮތް ކަމަށެވެ.
“ހަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދު ކުރާނެ ކަމަށް. ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއްޗަކީ ޓޫރިޒަމް ކަމަށް. ފަރުދީ ފެންވަރުގަ އާއި އާއިލީ އަދި ގައުމީ ފެންވަރުގައި ޓޫރިޒަމުން ފައިދާވާނެ، އެހެންވެ އެ ދާއިރާ އަށް ވަރަށް ބޮޑަށް ސަމާލު ކަން ދޭނަން،”
ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ އެކު އެމަނިކުފާނު ވެވަޑައިގެންފައި މިވަނީ ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސަށެވެ.