ބްރޯޑްކޮމް އިން އޭދަފުށީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ބ. އޭދަފުށީ ކައުންސިލާއެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ބްރޯޑްކޮމް އިން ބ. އަތޮޅަށް މިހާރު ކުރަމުންދާ މޮނިޓަރިން ދަތުރުގައި އިއްޔެ އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާއެވެ. އޭދަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އެވެ.

އޭދަފުށީ ކައުންސިލަކާ އެކު ކޮމިޝަނުން ސޮއިކުރި މި އެއްބަސްވުމުގައި އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ އިތުރުން ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެވެ.

މީގެ އިތުރުން ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާއި ގުޅިގެން މައްސަލަތައް ބެލުމުގައި ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އިތުރުން މި ދެ ދާއިރާއަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުން ވެސް ހިމެނެ އެވެ.

ބްރޯޑްކޮމްގެ މި ދަތުރުގައި އޭދަފުށީ ކައުންސިލުގެ އިތުރުން، ތުޅާދޫ ކައުންސިލާއި ހިތާދޫ ކައުންސިލު އަދި ދަރަރަވަންދޫ ކައުންސިލާ އެކު ވެސް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.