މިދިޔަ ފަސް އަހަރަކީ އޭދަފުއްޓަށް ވަރަށް ނިކަމެތި ފަސް އަހަރު: ސަލީމް

މިދިޔަ ފަސް އަހަރަކީ ބ. އޭދަފުއްޓަށް ވަރަށް ނިކަމެތި ފަސް އަހަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެވްރެޖް ގޮތެއްގައި އެއްވެސް ކަމެއް އޭދަފުއްޓަށް ނުކޮށްދެވޭ ކަމަށެވެ.

“އަޅުގަނޑަށް ދެންނެވޭނީ އެވުރެޖް ގޮތެއްގައި އެއް ކަމެއްވެސް ނުކޮށްދެވެއޭ. ކުރީގެ ސަރުކާރުން ހިންގަމުން ދިޔަ މަގުތައް ނިންމައިދިން، އޭގެ އިތުރުން ހޮސްޕިޓަލްގެ އެކްސްޓެންޝަންއެއްގެ ވާހަކަ މިއަންނަނީ. ދެން ހަމަ މައިގަނޑު އެއްވެސް މަސެއްކަތެއް ނުކުރެވޭ އެކަމަށްޓަކައި އަޅުގަނޑު ހިތާމަ ކުރަން،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ އަހަރުގައި އަޅުގަނޑު އޭދަފުށީ ހުޅަނގު ބަނދަރު ހެދުމަށް 30 މިލިއަން ރުފިޔާ ހިމެނިކަމަށެވެ. އަދި ހޮސްޕިޓަލް އެޅުމަށް 20 މިލިއަން ހިމެނިން، ނިމިގެން ދިޔަ ސަރުކާރުން މީގެ އެއްވެސް މަޝްރޫއެއް އަމަލީގޮތުން ފެށިގެން ނުވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

“ހޮސްޕިޓަލް ވީތަނެއް ނޭނގި ފެނުނީ އެހެން ތަނަކަށް ބަދަލުވެގެން ދިޔަ ތަން. އޭގެ އިތުރުން ސަރުކާރުގެ އެންމެ ފަހު ހަފްތާގައި ކުންފުންޏަކާއެކު ސޮއި ކުރި ނަމަވެސް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ މިކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަ ކުރަން،” ސަލީމް ވިދާޅުވިއެވެ.

“ހުރިހާ ޕްރޮޖެކްޓު ތަކެއް ހިންގަވަން ވާނީ ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން އެހެން ނޫންނަމަ ދައުލަތުގެ ހާލަތު ދުވަހުން ދުވަހަށް ގޯސް ވެގެން ދާނޭ ކަމީ ޝައްކެތް އޮތް ކަމެއް ނޫން،” ސަލީމު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި އޭދަފަށީ ބަނދަރު ހެދުމަށާއި ހައުސިން މަޝްރޫއު އަދި މަގު ހެދުމަށް ވެސް ފައިސާ ހިމަނާފައިވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ސަލީމް ވަނީ މި ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Anonymous

    ކޮންނިކަމެއްޗެއް ތިޔައީ ހިތްއަރާ އާސްމާނުގައި ތިބޭބައެއް. ރާއްޖޭގައި އޮތް އެންމެދަހި ކޮންމެފަހަރަކު ޓީވީއާއި އެއަރކޯނާއި، ފުރާޅުޓިނަށް ވޯޓުވިއްކާބައެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.