ފޯސީޒަންގެ ޕްރައިވެޓް ރިސޯޓް “ވޯވައް” އަންނަމަހު ހުޅުވަނީ

ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.
ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.

އެންމެ މަތީ ފެންވަރުގެ ޕްރައިވެޓް ރަށެއް ގޮތުގައި ދުނިޔޭގެ މަޝްހޫރު އެއް ހޮޓެލް ޗެއިން، ފޯސީޒަން ރިސޯޓުން ބ. އަތޮޅުގައި ތަރައްގީކުރާ “ވޯވަށް” އަންނަމަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިއީ މި އަހަރުގެ ތެރޭގައ ބ. އަތޮޅުގައި ހުޅުވާ ތިންވަނަ ރިސޯޓެވެ.

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓު ކައިރީގައި އޮންނަ ހިތްގައިމު ކުޑަ ވޯވަށް ތަރައްގީކުރަނީ 22 މީހުންގެ ޖާގައިގެ ޕްރައިވެޓް ރަށެއްގެ ގޮތުގަ އެވެ.

މިއީ ފޯސީޒަނުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ޕްރައިވެޓް ރަށެވެ. އެ ކުންފުނިން ލަނޑާގިރާވަރުގެ އިތުރުން ކ. ކުޑަހުރާގައި ފޯސީޒަން ކުޑަހުރާގެ ނަމުގައި ވެސް ފަސް ތަރީގެ ރިސޯޓެއް ހިންގަ އެވެ.

ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.
ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ފޯސީޒަނާ ހަވާލާދީ ބުނެފައިވަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ރަށް ވެގެންދާނީ ވަގަށް ފޮޓޯ ނަގާ މީހުންނަށް މަނާ އަދި ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ލިބޭ ހިތްގައިމު ތަނަކަށް ކަމަށެވެ.

ފޯސީޒަނުން ބުނީ ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ރަށް ވެގެންދާނީ ޓޫރިސްޓުންނަށް ވަރަށް ހިތްހަމަޖެހޭ އަމިއްލަ ރަށެއް ކަމަށް އިހުސާސްކުރެވޭ ތަނަކަށް ކަމަށެވެ. އަދި ލަނޑާގިރާވަރުން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަށް އަންނަން ބޭނުންވާ ގެސްޓުންނަށް ޕްރައިވެޓް ބުކިން ހެދޭނެ ކަމަށްވެސް އެ ރިސޯޓުން ބުނެއެވެ.

ހަތް ކޮޓަރީގެ ރަށުގައި ސްޕާއަކާއި ޑައިވް ސެންޓަރެއްގެ އިތުރުން 19 މީޓަރުގެ ޔޮޓެއް ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ އިތުރުން އެ ރަށުގައި ދެ ބުރީގެ ބީޗް ހައުސްގައި ކާ ތަނަކާއި ނިދާ ކޮޓަރިއަކާއި ސްވިމިން ޕޫލަކާއި ލައިބްރަރީ އަދި ޖިމެއް ވެސް ހުންނާނެ ކަމަށް ފޯސީޒަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.