ކިޔަވައިދޭ ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތް ހިންގަން އަންގައިފި

ކިޔެވުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ސްކޫލުގައި ހަރަކާތްތައް ހިންގަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަންގަވައިފި އެވެ.

ސްކޫލުތަކަށް އިއްޔެ ފޮނުވި ސާކިއުލާގައި މިނިސްޓަރު ވިދާޅުވީ ކިޔެވުމާއި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމީ މަންހަޖުގައި އެ ދުވަހެއްގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައިދިނުމަށް ކަމަށެވެ.

އަދި ސްކޫލުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަ ގޮތަށް ބައެއް ހަރަކާތްތައް ބާއްވާތީ އޭގެ ސަބަބުން މުގައްރަރުގައި ކިޔަވައި ދިނުމަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކިޔަވައިނުދެވޭކަން ވެސް އެ ސާކއިުލާގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ، ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައި ދިނުން ތަރުތީބުވެގެން ނުދިއުމާއި މުގައްރަރު ފުރިހަމަކުރުމަށާއި މަގުސަދު ހާސިލްކޮށް ދިނުމަށް ޓާމުގެ ފަހުކޮޅު އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަން ޖެހުމާއި އެއްފަހަރާ ފިލާވަޅުތައް ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އުނގެނުމާއި އުނގަންނައި ދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށް ނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ އެވެ.

“ވީމާ، ސްކޫލުގައި ބާއްވާ ހަަކާތްތަކާ ގުޅިގެން، ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރުމަށް ދަންނަވަމެވެ.” ސާކިއުލާގައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.