އުރީދޫން ބާއްވާ ޑްރޯން ރޭހުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އުރީދޫ ފަން ރަން 2023 އާ އެކީ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް – އުރީދޫ ޑްރޯން ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫ ވެބްސައިޓް މެދުވެރިކޮށް http://ore.do/dronerace އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ޑްރޯންއަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ހަރަކާތެކެވެ.

އުރީދޫ ޑްރޯން ރޭސް 2023 ބެހިފައިވަނީ ދެ ކެޓެގަރީ އަކަށެވެ. އެއީ “ސްކައި އެލީޓް” (އެފްޕީވީ ޑްރޯން) އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަކޮށްފައިވާ “ސްކައި ވޯކާ” ކެޓަގަރީ އެވެ. ސްކައި އެލީޓް ކެޓެގަރީ ގައި 16 އަހަރުން މަތީގެ ޑްރޯން ދުއްވާ ފަރާތްތަކަށް ބައިވެރި ވެވޭއިރު، ސްކައި ވޯކާ ކެޓްގަރީގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ މީހުންނަށެވެ. ދެ ކެޓެގަރީގައި ވެސް އޮބްސްޓެކަލްސް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓެރެކުގައި ރޭސް ކުރާއިރު ބަލަން ވާނީ ވީހާވެސް އަވަހަކަށް ރޭސް ފުރިހަމަ ކުރުމަށެވެ. ކޮންމެ ބައިވެރިއަކަށް ވެސް ރެޖިސްޓަ ކުރެވޭނީ ކޮންމެވެސް އެއް ކެޓެގަރީއަށެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

މި ކެޓެގަރީގައި ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާ އިރު 16 އަހަރު ފުރިފާވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ

މި ކެޓެގަރީގައި ބައިވެރިވާ މީހުން ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކުވެ.

އެއަކްރާފްޓް ސްޕެސިފިކޭޝަންސް:

ތިރީސް ސެންޓިމީޓަރަށް ވުރެ ބޮޑު ނޫން، އުދުހޭ، ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވާންޖެހޭނެ.

ޑްރޯންގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުންނަންވާނެ.

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

މި ކެޓެގަރީގައި ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާ އިރު 12 އަހަރު ފުރިފާވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށް

މި ކެޓެގަރީގެ ބައިވެރިންނަށް ސްޓެބިސިސްގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭން އެވެ. އަމިއްލަ ޑްރޯން މި ކެޓެގަރީގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫނެވެ.

ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓަ ކުރާފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާނީ ޖެހެ އެވެ. ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީހާއި ގަޑި ރެޖިސްޓަ ކުރާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މަރުހަލާ ނިމުމުން މުއާމަލާތްކުރާނެ އެވެ.

އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން:

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
  • 2 ވަނަ އިނާމު: 5ޖީ އެއަރފައިބަ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
  • 3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗަ

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީއެއް
  • 2 ވަނަ އިނާމު: 5ޖީ އެއަފައިބަ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
  • 3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަ

އުރީދޫ ޑްރޯން ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު 10 ޑިސެމްބަރު 2023 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ކުރުމަށް: http://ore.do/dronerace ޒިޔާރަތްކުރައްވާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.