ކިހާދޫ ސްކޫލުގެ “ދިވެހި ސުފުރާ” އަންނަ ހުކުރު ދުވަހުގެ ރޭ

ކިހާދޫ ސްކޫލުގެ ބެލެނިވެރިން މިއަހަރުގެ ޑިނާ ނައިޓަށް ތައްޔާރުވަނީ

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑިނަ ނައިޓް އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

2010 ވަނަ އަހަރުން ފެށިގެން “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ އެންމެ ބޮޑު ހަރަކާތެކެވެ. މިހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއެއް އެ ސްކޫލުގެ ޕީ.ޓީ.އޭ އަށް ލިބެ އެވެ.

ބ. އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ދިވެހި ރަހަތަކާއެކު ބާއްވަމުން އަންނަ މި ބޮޑު ޖާފަތަކީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މެދުގައި ވަރަށްބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ.

ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ކިހާދޫގެ އާންމު ރައްޔިތުންނާއި ސްކޫލުކުދިން އަދި އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މި ޑިނާ ނައިޓަށް ޒިޔާރަތް ކުރެ އެވެ.

މިއީ އެ ރަށަށް އަންނަ ބޮޑު އީދެކެވެ. މި އީދުގައި ރަށުގެ ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ. އެންމެން ބައިވެރިވެއެވެ. އަދި ރަށުން ބޭރު އެތައް ސަތޭކަ މީހުން ޒިޔާރަތްކުރާއިރު، އެ އެންމެންނަށް އެރަށުން ކިޔަނީ ހޫނު މަރުހަބާއެކެވެ.

ކިހާދޫ ރައްޔިތުން ގުޅިގެން، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު، އެތައްދުވަހެއްގެ ބުރަމަސައްކަތުން ބާއްވަމުން އަންނަ މި ހަރަކާތަށް ކޮންމެ އަހަރަކު ވެސް އެ ސްކޫލުގެ ބެލެނިވެރިން ދުރާލާ ތައްޔާރުވެސްވެ އެވެ.

ޑިނާ ނައިޓުގައި މިއަހަރު ޓިކެޓެއް ވިއްކަނީ 190ރ. އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.