ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުﷲ ޙަމީދު، ބ. އޭދަފުށީ ކޯޓަށް ބަދަލުކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިގޮތުގައި އަބްދުﷲ ހަމީދު އޭދަފުށީ ކޯޓަށް ބަދަލުކުރީ އިއްޔެއިން ފެށިގެންނެވެ.
އެތަނުން ބުނީ އެ ބަދަލު ގެނައީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާއި، އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.
ބ. އޭދަފުށީ ކޯތްގައި އިސް މެޖިސްޓްރޭޓަކު ނުހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް، އެ ކޯޓްގައި މެޖިސްޓްރޭޓަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވީ، މަރްޔަމް އިފްހާމް ނާޝިދުއެވެ.