ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބ. އޭދަފުށީ ގުލިސްތާނުގޭ ހައްސާނު ހަމީދު ހަމަޖައްސަވައިފި އެވެ.
ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ހައްސާނު ވަނީ، 2016 އިން 2020 އަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނައިބު ރައީސްގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ.
ހައްސާނުގެ އިތުރުން އެ މިނިސްޓްރީއަށް އިތުރު ތިން ޑެޕިއުޓީ މިނިސްޓަރަކު މިއަދު އައްޔަން ކުރައްވާފައި ވެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި ބައެއް ބޭފުޅުންގެ ތަފްސީލު ހާމަކޮށްފަ އެވެ.