އުރީދޫގެ މުވައްޒަފުން ތަރައްގީކޮށް، ތަމްރީނު ދޭން އުރީދޫ ގްރޫޕުން އުރީދޫ ލާނިން އެކަޑަމީ (އޫލާ)ގެ ނަމުގައި އެކަޑަމީއެއް ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ، އުރީދޫ ލާނިން އެކެޑަމީ (އޯލާ) ހުޅުވުމުގެ މަގްސަދަކީ ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކުންފުނި ކުރިއެރުވުމަށް ކަމަށެވެ.
މި އެކެޑަމީގެ ދަށުން އުނގަންނައިދިނުން ކުރިއަށްގެންދާނީ މިހާރު ވެސް ގެންގުޅޭ އުނގެނުމުގެ އުކުޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން ވަޒީފާގައި މަސައްކަތް ކުރަމުން ދަސްކުރުމާއި މެންޓަރިން އާއި ކޯޗިން ފަދަ ގޮތްތައް ބޭނުން ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ގޮތްތަކުގެ ސަބަބުން ވަށާޖެހޭ ނިޒާމެއްގެ ދަށުން މުވައްޒަފުންނަށް އުނގެނުމާއި ކުރިއެރުން ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.
އެކުންފުނިން ބުނީ، މީހުން ބިނާ ކުރުމަށް ގެންގުޅޭ އުސޫލާ އެއްގޮތަށް، އޯލާ އަކީ އުރީދޫގައި ހުނަރުވެރިން އުފެއްދުމަށް ފަރުމާކުރެވުނު އެކެޑަމީއެއް ކަމަށެވެ.
އެ އެކެޑަމީއާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ފާތިމަތު ސުލްތާން އަލް ކުވާރީ ވިދާޅުވީ، ޓެކްނޮލޮޖީ ވަރަށް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ޒަމާނެއްގައި އުނގެނުމާއި ތަރައްގީއަކީ ކުރިއެރުމާއި އީޖާދީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތައް ކަމަށެވެ.
އަދި ބަދަލުވަމުން އަންނަ ދުނިޔޭގައި ކުރިއަރަން ބޭނުންވާ ހުނަރާއި ޢިލްމު މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އޯލާއިން އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޯލާގެ މައިގަނޑު އަމާޒަކީ އުރީދޫ ގުރޫޕަށް ފަސޭހައިން ކިޔެވޭ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން ބުނީ ހުރިހާ ވަގުތެއްގައި މުވައްޒަފުންނަށް ފަސޭހައިން އޯލާއަށް ވަދެވޭނެ ކަމަށެވެ.
މިހާރު އޯލާއިން ހިންގާ ކޯސްތަކުގެ ތެރޭގައި:
- ޑިޖިޓަލް ކޯސްތައް
- ޓެކްނޮލޮޖީ ކޯސްތައް
- ބިޒްނަސް ކޯސްތައް
- ޕްރޮސިކިއުޓް މަންޓް ކޯސްތައް
- ފައިނޭސް ކޯސްތައް
- ހިއުމަން ރިސޯސް ކޯސްތައް
އަދި އެހެނިހެން ގިނަ ދާއިރާތަކުގެ ކޯސްތައް އޯލާއިން ހެދެން ހުންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ލާނިން އެކެޑަމީއަކީ އެ ކުންފުނީގެ ހުރިހާ އިސް ލެވެލްތަކެއްގައި ސަތޭކައަށް ވުރެ ސްޓޭކްހޯލްޑަރުންގެ ހިއްސާއާއެކު ތައްޔާރުކުރި އެކެޑަމީއެކެވެ.
އުރީދޫއަށް އުނގެނުމުގެ އާ ގޮތްތައް ފޯރުކޮށްދިނުމާއި، މުވައްޒަފުންނަށް ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގޮތްތައް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުމަކީ އެކުންފުނިން އަބަދުވެސް އެދޭގޮތް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އޯލާގެ އިތުރުން މުވައްޒަފުން ކުރިއެރުވުމަށްޓަކައި އިތުރު ކޯސްތަކެއް ވެސް ކުރިއަށްގެންދާ ކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި އޯލާއާއެކު މުވައްޒަފުންނަށާއި ކުންފުންޏަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އުރީދޫއިން ވަނީ ބުނެފައެެވެ.