ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަނަކަށް ޝަހާ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަން ޝަހާ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އައިޝަތު ޝަހާ ސަމްއޫން ހޮވައިފި އެވެ.

އެ ސްކޫލުގެ ކެޕްޓަން ހޮވަން ބޭއްވި އިންތިޚާބުގައި، އެންމެ ގިނަ ވޯޓު ލިބިގެން ކެޕްޓަނަކަށް ޝަހާ ހޮވުނުއިރު، ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ، ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ތަހާމާ އަހްމަދު ތޮލާލު އެވެ.

މަގާމުތަކަށް ދަރިވަރުން ހޮވާއިރު، ދަރިވަރުންގެ ކިޔެވުމާއި އަހުލާގާއި ލީޑަޝިޕާއި ހާޒިރީގެ އިތުރުން އިންޓަވިއުކޮށްގެންނެވެ. އެކަމަށް 80 ޕަސެންޓް ކަނޑައަޅާފައިވާއިރު ބާކީ 20 ޕަސެންޓް ބަލާނީ ގްރޭޑް 8 ން މަތީގެ ދަރިވަރުންގެ ވޯޓަށެވެ.

ޕްރިފެކެޓަރުންނާއި ސްކޫލުގެ އިސްމަގާމު ތަކަށާއި ހައުސްތަކުގެ އިސް މަގާމްތަކަށް ހޮވި ދަރިވަރުން ހުވާކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޭދަފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ނަސީރެވެ.

މި ރަސްމިއްޔާތުގައި އެ ސްކޫލްގެ އިސް މަގާމުތަކަށް ހޮވުނު 12 ދަރިވަރުންނަށް މަގާމުގެ ލިޔުން ހަވާލުކުރުމާއި 89 ޕްރިފެކްޓުންނަށް ޕްރިފެކްޓުކަން ހަވާލުކުރިއެވެ.

ސްކޫލުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުން؛

އައިޝަތު ޝަހާ ސަމްއޫން – ސްކޫލް ކެޕްޓަން

ތަހާމާ އަހްމަދު ތޮލާލު – ޑެޕިއުޓީ ސްކޫލް ކެޕްޓަން

ޠާއިލް އިބްރާހިމް ވަހީދު – ސްޕޯޓްސް ކެޕްޓަން

މަރިޔަމް ހީން ހަބީބް –  ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަން

އަޙްމަދު އާއިން އަސްލަމް – ބްލޫ ހައުސް ކެޕްޓަން

އައިމިނަތު އީމާން މުހައްމަދު ސާލިމް – ބްލޫ ހައުސް ޑެޕިއުޓީ ކެޕްޓަން

މުހައްމަދު އަލޫފް ރިފާއު – ރެޑް ހައުސް ކެޕްޓަން

އިސްމާއިލް ރާޔިސް ރައޫފް – ރެޑް ހައުސް ޑެޕިއުޓީ ކެޕްޓަން

މަންހާ މުބާސިރު – ޔެލޯހައުސް ކެޕްޓަން

އަނާން ޙުސައިން އިސްމާއިލް – ޔެލޯ ހައުސް ޑެޕިއުޓީ ކެޕްޓަން

އައިމިނަތު އީމާ ޔާސިރު، ވައިލެޓް ހައުސް ކެޕްޓަން

އައިޝަތު ނިޝްވާ – ވައިލެޓް ހައުސް ޑެޕިއުޓީ ކެޕްޓަން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.