އުރީދޫން އެޕަލް ވޮޗް ސީރީޒް 9 ރާއްޖެއަށް ތައާރަފްކޮށްފި

އެފަލްގެ އެންމެ ފަހު ސްމާޓް ގަޑި ކަމަށްވާ އެޕަލް ވޮޗް ސީރީޒް ނުވައެއް އުރީދޫއިން ރާއްޖެއަށް ތައާރަފްކޮއްފިއެވެ.

އުރީދޫއިން ބުނީ މި ސީރީޒްގެ ގަޑި މޫލީ މެދުވެރިކޮށް އޯޑަރުކޮށްލައިގެން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށެވެ.

އަދި އުރީދޫގެ ސެންޓްރުތަކުން ވެސް އެޕަލް ވޮޗް ސީރީޒްގެ ގަޑިތައް ތަޖުރިބާކޮށް ގަތުމުގެ ފުރުސަތު އުރީދޫއިން ވަނީ ހުޅުވާލާފައެވެ.

އެގޮތުން މި ސީރީޒްގެ ގަޑި މޫލީ މެދުވެރިކޮށް އޯޑަރުކުރެވޭނީ އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް ކަމަށް އުރީދޫއިން ބުނެއެވެ.

މި ޑިވައިސްގެ ދެ ސައިޒެއް ދެ އަގެއްގައި ލިބެން ހުންނާނެކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން 41 މިލިމީޓަރުގެ އެޕަލް ވޮޗް ސީރީޒް 9 ލިބެންހުންނާނީ 8،750 ރުފިޔާއަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި 45 މިލިމީޓަރުގެ ގަޑި 9،250 ރުފިޔާއަށް ލިބޭނެކަމަށް ބުންޏެވެ.

މި ސީރީޒް ގައި ޒަމާނީ ޓެކްނޮލޮޖީއާއި ތަފާތު ފީޗާސްތައް ހިމެނޭއިރު މި ސީރީޒްއަކީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑިތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ހަމައެއާއެކު މި ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއިއެކު ސްކްރީނުގައި އަތްނުލައި ބޭނުންކުރެވޭނެ ކަަމަށާއި ކުރީގެ އެޕަލް ވޮޗްތަކާ އަޅައިބަލާއިރު ދެގުނަ އަލިގަދަ ޑިސްޕްލޭއެއް ހިމެނޭކަމަށް ވެސް ބުންޏެވެ. އަދި ސިއްހަތާއި ކަސްރަތު ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ވެސް ބަދަލުތަކެއް ގެނަސްފައިވާކަމަށް އުރީދޫއިން ފާހަގަކުރިއެވެ.

މި ނޫނަސް ސެމްސަންގާއި، އެޕަލް ފޯނު މޫލީ މެދުވެރިކޮށް ހެޔޮ އަގުގައި އުރީދޫއިން އަންނަނީ ވިއްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.