ވިޔަފާރީގެ ބޭނުމަށް ފުޅަދޫން 26 ބިމެއް ކުއްޔަށް ދޫކުރަނީ

ވިޔަފާރި އާއި އިގްތިސާދީ ބޭނުންތަކަށް ބ. ފުޅަދޫން 26 ބިމެއް ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.

ފުޅަދޫ ކައުންސިލުން ބުނި ގޮތުގައި އެރަށުން ވިޔަފާރީގެ ބޭނުންތަކަށް ބިން ދޫކުރަން ނިންމާފައިވަނީ ރަށުގެ ބަނދަރާ ގުޅިގެން ބަނދަރުގެ އިރުން އަލަށް ހިއްކާފައިވާ ސަރަހައްދުން ކަމަށެވެ. އެގޮތުން ބިންތައް ދޫކުރަނީ ފައިބަރު މަސައްކަތް ކުރުމަށާއި ގައު އެޅުމަށާއި ވަޑާން ކުރުމަށާއި ގުދަން އެޅުމުގެ އިތުރުން ލަނޑާ ކެއްކުމަށް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

އެކަމަކު، އެކި ބޭނުންތަކަށް ބިން ދޫކުރަނީ އެކި އަދަދަށް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.  

ފުޅަދޫން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އަދަދު:

  • ފައިބަރ މަސައްކަތް ކުރުމަށް – 04 ބިން
  • ގައު އެޅުމަށް – 03 ބިން
  • ވަޑާން ކުރުމަށް – 03 ބިން
  • ގުދަން އެޅުމަށް – 09 ބިން
  • ލަނޑާ ކެއްކުމަށް – 07 ބިން

ފުޅަދޫން ވިޔަފާރި އުސޫލުން ދޫކުރަނީ 1400 އަކަފޫޓްގެ ބިމާއި 1500 އަކަފޫޓްގެ ބިމާއި 450 އަކަފޫޓްގެ ބިމެވެ.  މި ބިންތަކަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ މަހަކު އަކަފޫޓަކަށް 60 ލާރި އެވެ.  ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ކައުންސިލުން ބުންޏެވެ.

ބިންތައް ކުއްޔަށް ނަގަން ޝައުގުވެރިވާ، ފުޅަދޫގެ ރައްޔިތުން މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 28 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެރަށު ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.