ބ. ތުޅާދު އާއި ގޮއިދޫ ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައިވާ ގޮތުން މި ދެ މެޖިސްޓްރޭޓް ކޯޓްގެ އިތުރުން ރާއްޖޭގެ 27 ކޯޓަކަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައިވެ އެވެ.
އެ ދެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރުވުމާ އެކު، ގާނޫނު ނުވަތަ އިސްލާމީ ޝަރީއާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލްކޮށްފައި ވުމެވެ. އަދި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުރުމަކީ ވެސް ޝަރުތެކެވެ.
ފަނޑިޔާރުންގެ އަސާސީ މުސާރަ އަކީ 21،000 ރުފިޔާ އެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.