އުރީދޫން މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ސޮލިއުޝަންސް ތައާރަފް ކޮށްފި

މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތައް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫ ގްރޫޕުން މައިކްރޮސޮފްޓް އެކު ކުރިއަށްގެންދާ ހަރުދަނާ ޕާޓްނަޝިޕްގެ ބޭނުން ހިފައި، އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ އޮފައަކީ ޚަރަދުކުޑަ ގޮތެއްގައި ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުޢާމަލާތްތަކާއި، މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ އެންޓަރޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްގެ ފުރިހަމަ ސުއިޓެކެވެ.

“އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ އުރީދޫގެ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުޖުތަމައުތަކުގެ ދިރިއުޅުން އަޕްގްރޭޑްކޮށް އާ ފުރުސަތުތަކާއި ގުޅުވާލަދިނުމަށް. މައިކްރޮސޮފްޓާއެކު ވެފައިވާ ޕާޓްނަރޝިޕަކީ ދެމެހެއްޓެނިވި ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ޕާޓްނަޝިޕެއް. މި ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ ސަބަބުން އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.” އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އުރީދޫ އިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާ އެކު ޑިޖިޓަލް ކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. މި އޮފާއާ އެކު ބިޒްނަސް އީމެއިލް، ކޯލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި އިތުބާރު ހިފޭ ކްލައުޑް ސޮލިއުޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ ހުރިހާ ބޭނުންތަކަށް އެއްތަނަކުން ހައްލެއް ލިބިގެންދާނެ އެވެ. މި ޕާޓްނަރޝިޕްގެ ދަށުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި، 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ލިބިގެންދާނެ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބިނަމަވެސް ފަސޭހަކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެ އެވެ. އަދި ކްލައުޑް މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައް ވެސް ވިޔަފާރިތަކަށް ލިބިގެންދާނެ އެވެ.

“މައިކްރޮސޮފްޓާއެކު އަޅުގަނޑުމެންގެ މި ޕާޓްނާޝިޕަކީ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް. އުރީދޫގެ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ޙިދުމަތްތަކާއި އެކު މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮސެސްތަކާއި ކޯލަބްރޭޝަން އިތުރަށް ސްޓްރީމްލައިން ކުރެވި އިތުރަށް ހަރުދަނާވެގެންދާނެ. 24 ގަޑިއިރުގެ ސަޕޯޓާއި، ވަރުގަދަ ސެކިއުރިޓީ ފީޗާސްތަކާއެކު ލިބޭ މި ހިދުމަތް އުރީދޫ މެދުވެރިކޮށް ނަންގަވާ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ޕޭމަންޓް އޮޕްޝަންތައް ފަދަ ފައިދާތައް ލިބިގެނދާނެ.” އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވި އެވެ.

މި ޕާޓްނަރޝިޕާއެކު އުރީދޫ މޯލްޑިވްސްގެ ސަބަބުން ލައިސަންސް ކޮމްޕްލަޔަންސް މައްސަލަތަކާއި އިންސްޓޯލްމަންޓާ މެދު ކަންބޮޑުވުމެއް ނެތި މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސްގެ ފައިދާތައް ލިބިގެންދެއެވެ. މައިކްރޮސޮފްޓްގެ މެއިން ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ ހިދުމަތްތައް ހޯދުމަށް ޚިޔާރުކުރާ ވިޔަފާރިތަކަށް ޕަރ-ޔޫޒަރ މަންތްލީ ސަބްސްކްރިޕްޝަނެއް ހެޔޮ އަގުގައި ލިބިގެންދާއިރު ދިވެހި ރުފިޔާއިން ލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވެސް ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކުން ފަދަ ފައިދާތަކާ އެކު އިތުރަށް ހަރަދު ކުޑަވެގެންދާނެ އެވެ.

އުރީދޫ އާއި މައިކްރޮސޮފްޓްގެ މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދު ކުޑަ ހައްލެއް ލިބިގެންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ފަސޭހަކޮށްދީ، ވިޔަފާރިތައް ކުރިއެރުމަށް ވެސް މަގުފަހިކޮށްދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.