ބ. ދަރަވަންދޫގައި މިސްކިތެއް އިމާރާތްކުރަން 9.7 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ދަރަވަންދޫގައި މިސްކިތް އަޅަން ހަވާލުކުރީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.
މިސްކިތް އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް 300 މީހުންގެ ޖާގަ ހިމެނޭ ގޮތަށެވެ.
މި މަޝްރޫއު ހިންގަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.
ދަރަވަންދޫގަ ކީއްކުރަން އަޅާ މިސްކިތެއްބާ؟ ރަށްރަށުގަ މިސްކިތް އަޅަނީ ނަމާދުކުރަން. .މިހާރުވެސް ދަރަވަންދޫގަ ދެމިސްކިތް އެބަހުރި. މިހާރުވެސް ގިނަ ނަމާދުތަކުގަ އެއްސަފުވެސް ނުފުރޭނެ. މުޅި އަތޮޅުގަވެސް މިސްކިތަށް އަރާ މީހުން އެންމެ މަދު އެއްރަށަށް ދަރަވަންދޫ ވާނެ.