ސެމީގައި އޭދަފުށި މިއަދު ޗެންޕިއަން ފޭދޫ އާދެކޮޅަށް ނިކުންނަނީ

ތިމަރަފުއްޓާ ދެކޮޅަށް އޭދަފުށިން ކުޅެން ނިކުތް ފުރަތަމަ 11
ތިމަރަފުއްޓާ ދެކޮޅަށް އޭދަފުށިން ކުޅެން ނިކުތް ފުރަތަމަ 11

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު އެންމެ ފަހުން ޗެންޕިއަން ސ.ފޭދޫ އާ ދެކޮޅަށް އޭދަފުށި ނިކުންނާނެއެވެ.

ދ.ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ފަށާނީ ހަވީރު 3:50 ގައެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް އޭދަފުށި ދަތުރުކޮށްފައި ވަނީ ގްރޫޕް ސްޓޭޖް ގައި ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗް ކާމިޔާބުކޮށް 6 ޕޮއިންޓާއެކުގައެވެ. އޭދަފުށި ޓީމް ބަލިވެފައި ވަނީ ގްރޫޕް ބީ ގެ މެޗްތަށް ކުރިޔަށްގެންދިޔަ ރަށްކަމަށްވާ ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ޗެންޕިއަން ފޭދޫ ސެމީގެ ޖާގަ ކަށަވަރުކުރީ ގްރޫޕް އޭ ގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ

އޭދަފުށި ފުޓްބޯޅަ ޓީމް މިދިޔައަހަރު މި މުބާރާތުން ކަޓާފައިވަނީ ސެމީ ފައިނަލުގައި ފަރެސްމާތޮޑާ ބައްދަލުކުރި މެޗުން 2-4 ގެ ނަތީޖާއަކުން ފަރެސްމާތޮޑާ މެޗް ކާމިޔާބު ކުރުމުންނެެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ 2 މެޗްވެސް ލައިވް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް މީގެ ކުރިން އެފް.އޭ.އެމް އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިއަދާ މާދަމާ ކުޅޭ ސެމީ ފައިނަލް ގެ މެޗްތަށް ލައިވް ނުކުރާނެ ކަމުގެ މައުލޫމާތު އީޓީއަށްވަނީ ލިބިފައެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ގަލޮޅު ފުޓްބޯޅަ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.