ފަސްމުގޫ ގްރޫޕުން މިދިޔަ ރޯދަމަހު ކުރިއަށްގެންދިޔަ “ފަސްމުގޫ ރޯދަ ސޭލް” ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން މިރޭ އޮންނާނެ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
ފަސްމުގޫ ގްރޫޕުން ބުނި ގޮތުގައި މިފަހަރު ލަކީޑްރޯގެ ނަސީބުވެރިން ހޮވުން އޮންނާނީ ދަރަވަންދޫގަ އެވެ.
ދަރަވަންދޫ ޗަނބޭލީ ބޮޑު ބެރާއެކު މި ޝޯ އޮންނާނީ މިރޭ 8:30 ގައި އެރަށު ރަސްގެއޮޑި އަތިރިމަތީގަ އެވެ.
ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރު އިސްމާއީލް ޝަހީމް ބުނި ގޮތުގައި މިފަހަރު މި އިވެންޓް ރަށުން ބޭރުގައި ބާއްވަން ނިންމީ ފަސްމުގޫ އަކީ އަތޮޅުގެ ގިނަ ކަސްޓަމަރުން ވިޔަފާރިކުރާ ތަނަކަށްވެފައި، ކަސްޓަމަރުންނާ ވީހާވެސް ގުޅުން ބަހަދިކުރުމުގެ ގޮތުން ކަމަށެވެ.
ފަސްމުގޫ ރޯދަ ޕްރޮމޯޝަން ލަކީޑްރޯ ނެގުމަށް މީގެ ކުރީ އަހަރުތަކުގައި ވެސް ތަރިންނާއެކު ކުލަގަދަ ޝޯ ތަކެއް ވަނީ ބާއްފައިފަ އެވެ.
ފަސްމުގޫ ގުރޫޕަކީ ބ. އަތޮޅުގެ އިތުރުން މި ސަރަހައްދުގައި ވެސް ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއްފަރާތެވެ.