ހުރިހާ ސްކޫލެއްގައި އަންނަ އަހަރު ހުނަރު ޕްރޮގްރާމްތައް ހިންގާނެ

އަންނަ އަހަރު ހުރިހާ ސްކޫލެއްގައި ހުނަރު ޕްރޮގްރާމް ހިންގަވާނެ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް “ހުނަރުވެހި” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު، ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް އަންނަ ދިރާސީ އަހަރުން ފެށިގެން، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުސަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށް ވެސް އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަކަމާއެކު އޮންނާނެ ކަމަށެވެ.

“މި ޕްރޮގްރާމުން ސްކޫލްގައި ކިޔަވާ އެންމެ ދަށް ކުއްޖާއަށްވެސް އަދި އެންމެ މޮޅު ކުއްޖާއަށްވެސް ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބޭނެ.” ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދޭން މިހާރު ވެސް ލެބްތައް ގާއިމް ކޮށްފައި ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.