އޭދަފުށީގެ ބެޑްމިންޓަން ކުޅުންތެރިން ތަމްރީނުތަކަށް މެލޭޝިއާ އަށް

ކްލަބް އޭދަފުށީ ބެޑްމިންޓަން އެކަޑީމީގެ ޓީމެއް އިތުރު ތަމްރީން ހޯދުމަށް މެލޭޝިއާ އަށް ފުރައިފި އެވެ.

މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 5ގެ ނިޔަލަށް މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީގައި  ކުރިއަށްގެންދާ ޓްރޭނިން ކޭމްޕްގައި ކްލަބް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ އެކި އުމުރުފާތަކުން 18 ކުދިންނާއި ހަތަރު ކޯޗުން ވެސް ބައިވެރިވާނެ އެވެ.

އޭދަފުށި ބެޑްމިންޓަން އެކަޑަމީން ބުނީ ކުޅުންތެރިންގެ ޓްރޭނިންގެ އިތުރުން ކޯޗިން އަޕްގްރޭޑް ކުރުމުގެ ޕްރޮގްރާމް ވެސް ކުރިއަށްދާނެ ކަމަށެވެ.

އެ އެކަޑަމީން ބުނިގޮތުގައި މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، އެ ކުޅުންތެރިންގެ އުމުރުފުރާއިން ގައުމީ ފެންވަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހަދައި އަދި އިންޓަރ ސްކޫލް ޗެންޕިއަންސް ލީގުގައި ސްކޫލް ކުދިންނަށް ރަން މެޑަލް ހޯދުމުގެ ފުރުސަތު ފުޅާކުރުމެވެ.

ކްލަބް އޭދަފުށީ ބެޑްމިންޓަން އެކަޑީމީގެ ޓީމެއް އިތުރު ތަމްރީން ހޯދުމަށް މެލޭޝިއާ ދިއުމަށް، މި ރަށު ކައުންސިލުންނާއި ދަރިވަރުންގެ ބެލެނިވެރިން ކުރި މަސައްކަތް އެ އެކަޑަމީން ފާހަގަކުރެ އެވެ.

މިފަހަކަށް އައިސް ބެޑްމިންޓަނުގައި އޭދަފުށިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރުމަހު އުތުރުގެ އަތޮޅުތަކަށް ހުޅުވާލައިގެން ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ އޭދަފުށީ ބެޑްމިންޓަން ކުޅުންތެރިންވަނީ ރަންވަނަތަކެއް ހޯދައިފަ އެވެ. އަދި މިދިޔަ ނޮވެމްބަރ ުމަހު މާލޭގައި ބޭއްވި އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުން ވެސް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.