އެމްއައިބީގެ “އުޖާލާ ދިރިއުޅުމު”ގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި

މޯލްޑިވްސް އިސްލާމިކް ބެންކުގެ ކޮންޒިއުމާ ގުޑްސް ފައިނޭންސިން ފެސިލިޓީ “އުޖާލާ ދިރިއުޅުމު”ގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފުރިހަމަކުރުމަށް “އުޖާލާ ނައު” ޕޯޓަލް ލޯންޗުކޮށްފި އެވެ.

އެމްއައިބީއިން ބުނީ މި ޕޯޓަލް ލޯންޗު ކޮށްފައިވަނީ، އެ ބޭންކުގެ ހިދުމަތް ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކޮށް، އަވަހަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެއާއެކު މިއީ އުޖާލާ ފައިނޭންސިން ފެސިލިޓީގެ ޚިދުމަތް ބޭންކުގެ ބްރާންޗަށް މީހާ ނުގޮސް ޑިޖިޓަލްކޮށް ޚިދުމަތް ހޯދޭނެ ޕްލެޓްފޯމެއް ކަމަށް ބޭންކުން ބުންޏެވެ.

އެގޮތުން އުޖާލާ ފައިނޭންސިންގެ ދެ ފެސިލިޓީއެއްކަމަށްވާ އުޖާލާ ދިރިއުޅުމާއި، އުޖާލާ ކޭޝްގެ ޚިދުމަތް އެ ޕޯޓަލުން މި ވަގުތު ވެސް ފަސޭހަކަމާއެކު ލިބޭނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

ހަމައެއާއެކު އެމްއައިބީއިން އެޕްރޫވްކޮށްފައިވާ ފިހާރަތަކުން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކުރިއަށްގެންދެވޭނެ ކަމަށާއި އަދި ހުށަހަޅައިފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތު ވަގުތުން ލިބޭނެކަމަށް ވެސް އިސްލާމިކް ބޭންކުން ބުންޏެވެ.

އެމްއައިބީ އުޖާލާ ފައިނޭންސިން ފެސިލިޓީއަކީ އަބަދުވެސް ދިވެހިންގެ މެދުގައި މަގްބޫލު ފައިނޭންސިން ފެސިލިޓީއެކެވެ.

އެ ބޭންކުން ވަނީ ދާދި ފަހުން އުޖާލާ ފެސިލިޓީ މެދުވެރިކޮށް 700،000 ރުފިޔާއާއި ހަމައަށް ލިމިޓް ނެގޭ ގޮތަށް އަދި ފަސް އަހަރުން އަނބުރާ ފައިސާ ދައްކާ ގޮތަށް ބަދަލު ގެނެސްފައެވެ. އަދި، ގެރެންޓާއެއް ވެސް މިހާރު ބޭނުން ނުވާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

އެއާއެކު ކުރިއަށް އޮތްތަނުގައި ވެސް އުޖާލާ ފައިނޭންސް ގެ ދަށުން އިތުރު ޕޮރްޑަކްޑްތަށް ލޯންޗު ކުރެވިގެން ދާނެ ކަމަށް އެމްއައިބީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.